ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިޔަށް އޮތް ދެ އަހަރު ވެގެން ދާނީ ރައްޔިތުންނަށް ހާއްސަ ދުވަސްތަކަށް، ވައުދުތައް ފުރިހަމަވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެ އަހަރު ދުވަސް ވެގެން ދާނީ ރިޔާސީ އިންތިހާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގެ އަމަލީ މަސައްކަތް ހިނގާނޭ ދެ އަހަރަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އއ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގަ އެވެ.

މި ނިމޭ 2024 ވަނަ އަހަރު ރައްޔިތުން އުންމީދުކުރި މިންވަރަށް މަސައްކަތްތައް ކުރިއަށް ނުދިޔަ ސަބަބުތަކަކީ ފޮރުވިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 2024 ވަނަ އަހަރު ސަރުކާރުން ތަންފީޒު ކުރަން ޖެހިވަޑައިގަތީ، މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު، މި ދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކަށް ހުށަހަޅުއްވައިގެން، އިންތިޤާލީ މަރުޙަލާގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމެއް ނެތި، މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް، ފާސްކުރި ބަޖެޓެއް ކަމަށެވެ.

އެހެންވީމާ ސަރުކާރަށް މި އަހަރުތެރޭގައި މަސައްކަތްތައް ކުރުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ، ސިޔާސީ ވިސްނުމެއްގައި، މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި، އޭރުގަ އޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓު. އިރާދަކުތެއްވިއްޔާ އެކަން މިހާރު މި ނިމުނީ

ރައީސް ވިދާޅުވީ އަންނަ އަހަރު ތަންފީޒުކުރަން ފައްޓަވާނީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައި ހުރި ވަޢުދުތައް ފުއްދެވުމަށްޓަކައި މި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރެއްވި ބަޖެޓުކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ބަހާލެވިގެން، ތަރުތީބެއްގެ ތެރެއިން، ރިޔާސީ ވަޢުދެއްގެ މަސައްކަތް ޢަމަލީގޮތުން ފެށި، މަޝްރޫއުތައް ނިމެމުންވެސް ދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ، ބިނާރާއި އުމްރާނީ ތަރައްގީގެ އިތުރުން މުޖުތަމައުގެ ހަމަޖެހުމަށް ވެސް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން، ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެކި އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓު ނުކޮށް ދޫކޮށްލުމުގެ ސަގާފަތް، މި ސަރުކާރުން ނައްތާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން އަހަރުތަކުގައި، އެކި އިންތިހާބުތަކާ ދިމާކޮށް ބޮޑެތި އަދަދުތަކުން ގައިދީން މިނިވަން ކުރަމުންދިޔަ ނަމަވެސް، މި ނިމުނު އަހަރު ތެރޭ، މުޅި އަހަރަށް ބަހާލައިގެން، ގާނޫނުގައި އޮންނަ ފުރުސަތުތަކުގެ ތެރެއިން އަދަބު ލުއިކޮށް، ދޫކޮށްލާފައި ވާނީ ޖުމުލަ 86 މީހުންކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ވަނީ، މި ހިނގާ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ފާސްކުރި، ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ހުކުމަށް ލުއި ދިނުމާއި، ހުކުމް މަޢާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމަވި ނިންމެވުމަށް އިޝާރާތްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: