ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ވޯޓު ދެނީ ފިކުރަށް ބަލައި، މެމްބަރުން ހޮވި ސަބަބު ބޮލާލައި ޖަހައި ދިއުން ގޯސް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވެގެން އަންނަނީ އެގޮތުގައި ދެމި ހުރުމަށްވާ ވައުދަކާއި އެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެމްބަރަކު ތަމްސީލު ކުރަމުން އައި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އއ. މަތިވެރީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އޮތް ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ، މަޖިލީހަށް މެމްބަރުން އިންތިހާބު ވަނީ ވަކި ޕާޓީއަކުން ކުރިމަތިލުމުން ނުވަތަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުން އެ މެމްބަރަކު ބަލައިގަތުމުން ކަމަށެވެ. އެހެންކަމުން ދެން ރައްޔިތުންނާއި އެ މެމްބަރުން ދެމެދު ގާއިމު ކުރެވޭ އަހުދަކީ އެގޮތުގައި ދެމި ހުރުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހަށް އެ މެމްބަރަކު އިންތިހާބުވެގެން އައި ގޮތާއި، އެ ސަބަބު ބަދަލު ކުރުމުން ގެއްލިގެން ދަނީ އެ މެމްބަރަކަށްޓަކައި ވޯޓު ދިން އެތައް ރައްޔިތުންގެ ހައްގު ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގު ކަށަވަރުކޮށް، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިހާބުވެގެން އަންނަ އެއްވެސް ބައެއްގެ ކިބައިގައި ހުރެގެން ވާނެ ސިފައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އޭނައަށް ވޯޓު މިދެނީ، އޭނަ ހުރި ސިޔާސީ އެލައިންމަންޓަށް ބަލާފަ.. ކޮންމެވެސް ޕާޓީއަކުން އައިމަ ނޫނީ މިނިވަންކަން ހުރީމަ.. ދެން އެޔަށް ފަހު އޭނަ ކޮންމެވެސް ސަބަބަކާ ދިމާވެގެން ކޮންމެވެސް ކަހަލަ ގޮތަކުން ބަދަލުވަނީ އެއްކަލަ ބޮންޑު ބްރޭކް ކުރަނީ. އޭނާ ހޮވި ގޮތް ބަދަލުކުރަނީ. ރައްޔިތުން އޭނަ ހޮވީ ކޮންމެވެސް ޕާޓީއަކުން އައީމަ ނޫނީ އަމިއްލަ ގޮތުން އައީމަ. ނަމަވެސް، އެކަން ދޫކޮށްލީމަ ކޮބައިތޯ އޭނައަށް ވޯޓު ދެއްވި ރައްޔިތުންގެ ހައްގު.. އޭނާއަށް ވޯޓުލީ މީހުންގެ ބާރު.. އެހެންވީމަ އެކަން މި ހިމާޔަތް ކުރަނީ..

މީގެއިތުރުން ވެސް ރައީސް ވަނީ ގާނޫނުއަސާސީއަށް މިފަހުން ގެނެވުނު އިސްލާހުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަރަހައްދާއި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުތައް މިލްކުކޮށްދިނުމާއި އަސްކަރީ ބޭނުމަށް ދިނުމާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން ހަމައެކަނި ނުރުހުންފާޅުކޮށް ވާހަކަ ދައްކަވަނީ މެމްބަރުންގެ ޝަރުތުތަކާއި ގުޅޭގޮތުން ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ މި އިސްލާހުތަކާއި ގުޅޭގޮތުންނާއި، އިސްލާހުތަކުގެ ސަބަބުން ދެން އަންނާނެ ބައެއް ބަދަލުތަކުގެ ތަފްސީލު ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ވެސް ތަފްސީލުކޮށްދެއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: