ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ްއެމްޑީޕީއިން ޓެރެރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ ވާހަކަދައްކާކަމަށް ބުނެ ކުއްލި މައްސަލައެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއިމެދު ކަންތައް ކުރަން ޖެހޭނީ ރައީސް މުހައްމަދު އަމީންއަށް ކަންތައް ކުރެއްވި ގޮތަށްކަމަށް ބުނެ އެމްޑީޕީއިން އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަދައްކާފައިވާތީ، އެކަން ތަހުގީގު ކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފިއެވެ.

މި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 44 މެންބަރުން ވޯޓުދެއްވިއެވެ. ބަލައިގަންނަން ނުފެންނަކަމަށް ވޯޓުދެއްވީ 8 މެންބަރުންނެވެ.

މައްސަލަ ހުށައެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް  ގާދިރެވެ.

މައްސަލައިގައި ބުނެފައިވަނީ ރައީސް މުއިއްޒަކީ ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކާއިއެކު، އިންތިހާބު ކޮށްފައިވާ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމަށްވީހިނދު، ރައީސުލްޖުމްހުރިއްޔާގެ ދައުރު ނިމޭނެ ހާލަތް ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވީ ހިނދު، ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ރައީސް މުއިއްޒަށް ހަދަން ޖެހޭނީ ރައީސް އަމީނަށް ހެދި ގޮތްކަމަށް ބުނެ، ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދެމުންދާކަމަށެވެ.

މިއީ ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކުރާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ދާދި ފަހުން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. ރައްޔިތުންނާއިމެދު އަނިޔާވާވެރިންނަށް، ރައްޔިތުންވެސް އަނިޔާވެރިވާން ޖެހޭނެކަމަށް ދޭހަވާފަދަ ގޮތަކަށް ފައްޔާޒް ވަނީ ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: