ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުގެ ޙާލަތުގައި ހުރެ ދުއްވި ކާރުގައި ޖެހި މީހަކު މަރުވުން: މައްސަލައިގައި ދައުވާ އުފުލައިފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

20 ނޮވެންބަރ 2023 ވަނަ ދުވަހު ހުޅުމާލެ ސެންޓްރްލަ ޕާރކް ކައިރި ކާރަކާއި 3 ސައިކަލް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލައިގައި ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މއ. ރިމްލާސް, ޖިނާޙް މުޙައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިމިވާ ދައުވާގެ އަސާސީ އަދަބަކީ 6 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭނާގެ މައްޗަށް އެ ދައުވާކޮށްފައިވަނީ މަސްތުވެގެންހުރެ ބާރު ދުވެލީގައި ކާރު ދުއްވައި، ނުޤަވާއިދުން ލޭނުގައި ދުއްވަމުންދަނިކޮށް ކޮންޓްރޯލްނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާތީއެވެ. މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާއިރު އެކަކުގެ ހާލު ސީރިޔަސްވެ ފަހުން އޭނާ ވަނީ ނިޔާވެސްވެފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރުގެ ޖަލު ޙުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: