ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެންބަރު މަހު މީރާއިން 1.89 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާގެ އޮފީހުން މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ނޮވެމްބަރު މަހު މޯލްޑިވް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.89 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.2 އިންސައްތަ އިތުރު އަދި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 19.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2023 ގައި ލިބުނު އާމްދަނީއާއި އަޅައިބަލާއިރު ނޮވެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި  ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީއެވެ. އަދި، ނޮވެންބަރު 2024 ގައި އެއާޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، އޮކްޓޫބަރު 2023 އާ އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 8.5 އިންސައްތައަށް އިތުރުވެފައި ވާތީ، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެ އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރު ކޮށްފައިވާތީއެވމި މަހުގެ ތެރޭގައި އެއްފަހަރާ ނަގާ މި ފީތައް ބަލައިގަނެފައިވުމާއެކު ޖުމްލަ އާމްދަނީ އަންދާޒާޖުރި އާމްދަނީއާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެއް ލިބިފައިވެއެވެ.

ނޮވެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 171.62 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 93.14 މިލިއަން ރުފިޔާއާއި، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ގޮތުގައި 91.45 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 85.75 މިލިއަން ރުފިޔާ އެވެ.

ނޮވެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: