ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ގައި ރޯވި އަލިފާންގަނޑު ނިންވާލެވިއްޖެއެެވެ.
އިމާރާތްކުރުމާއި ބެހޭ ވުޒާރާގެ ސަރަހައްދުގައި ރޯވި އަލިފާންގަޑާއެކު އެ ސަރަހައްދުގައިވާ ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ހެނދުނު 6:27 ހާއިރު ރޯވި އެ އަލިފާނގަޑު ބޮޑުވެ ނިންމާވެލެވިފައިވަނީ ފަޔަރ ފައިޓާސް އެ ސަރަހައްދަށްގޮސް ވަރަށް ގިނައިރު ކުރެއްވި މަސައްކަތުންނެވެ. އަދި އެ ސަރަހައްދުގައި ހުރި އިމާރާތްތަކުން، ބޭނުންވާ މުހިންމު ތަކެތި މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފްއިން ގުޅިގެން އަންނަނީ ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ، އަލިފާނުގެ ހުޅު ފެންނަން ނެތްނަމަވެސް، އިމާރާތުގެ އެތެރެއިން އަނދާފައިވާ ބައިން އަލިފާނުގެ އަސަރު ފިލުވޭނީ އުނދަގުލުން ކަމަށެވެ. އަދި މިހާތަނަށް އެއްވެސްމީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައެއް ނެތެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ގްރީން ބިލްޑިންގައި ހިންގަމުން ދިޔަ ތިން ވުޒާރާގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

