މިއަދަކީ ދިރާގުގެ ”ވިން އަ ސްޕީޑްބޯޓް“ ޕްރޮމޯޝަންގައި އެންރޯލްވުމަށް ލިބޭ އެންމެ ފަހު ދުވަސްކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނީ މި އަގުހުރި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިރޭގެ 23:59 އާއި ހަމައަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހުގައި ދިރާގުން ލޯންޗުކުރި މި ޕްރޮމޯޝަންއާ އެކު ދިރާގު ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އައު އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ލިމިޓެއްނެތް ފައިބަރ 40އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނީ ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުރިހާ ކަސްޓަމަރުން ވެސް ޕްރޮމޯޝަންއަށް ހާއްސަ ޕޯޓަލް https://winaboat.dhiraagu.com.mv/ މެދުވެރިކޮށް ޕްރޮމޯޝަންގައި އެންރޯލް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ވެސް އެފަރާތެއްގެ ޝަރުތު ހަމަވާ ހުރިހާ ނަންބަރެއް ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެކަން ފާހަގަކުރި އެވެ.
ޕްރޮމޯޝަނާއި ގުޅޭގޮތުން ދިރާގުގެ މެނޭޖަރ، މާކެޓިންގް ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ޕްރޮމޯޝަން ނިމުމަކާއި ގާތްވިއިރު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އަދި މިއަދަކީ ޕްރޮމޯޝަނަށް އެންރޯލްވެވޭ އެންމެ ފަހު ދުވަސްކަމަށްވާ އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި ހުރިހާ ކަސްޓަމަރުން ވެސް އެ ކަސްޓަމަރެއްގެ ޝަރުތު ހަމަވާ ހުރިހާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށްފައި ވޭތޯ ބެލުމަށް އެދުނެވެ.
މި ހިތްގައިމު ޕްރޮމޯޝަން ނިމުމަކާ ގާތްވެފައިވާ އިރު، އާންމުންގެ ފަރާތުން ލިބެމުންދާ ހޫނު ތަރުހީބު ފާހަގަކޮށްލަން. އަދި މިއަދަކީ މި ޕްރޮމޯޝަނަށް އެންރޯލްވެވޭ އެންމެ ފަހު ދުވަސްކަމަށްވާ އިރު، މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި ހުރިހާ ކަސްޓަމަރުންވެސް އެފަރާތްތަކުގެ ޝަރުތު ހަމަވާ ހުރިހާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށްފައިވޭތޯ ބަލާލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް،
މި ޕްރޮމޯޝަންގެ ބޮޑު އިނާމުކަމުގައިވާ އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެއެވެ.
ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

