ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެފުރުސަތު އޮތީ ހުޅުވާލެވިފައިކަމަށް ފިޝަރީސް މިނިސްޓަރ އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.

ޝިޔާމު ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމުނު ގުޅުން ގާއިމްކުރިފަހުން 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުމަކީ އިސްތިޤްލާލީ ހަމަހަމަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޝިޔާމު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިއަހަރުގެ ޖެނުއަރީމަހު ކުރެއްވި ކާމިޔާބު ދަތުރުފުޅާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

ޝިޔާމު ވަނީ ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ޗައިނާއިން ދީފައިވާ އެހީތައް ޝުކުރު އަދާކޮށްފައެވެ.

އަދި މިފަދަ އެންމެ ބޮޑު އެއް އެހީއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބުރިޖު މަޝްރޫޢުކަން ޝިޔާމު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޝިޔާމު ވިދާޅުވީ އަދުގެ ސަރުކާރުގެ ތަަސައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށެވެ.

އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަމަށެވެ.

ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ޝިޔާމު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީމަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެމްއޯޔޫތަކުގައި ބަޔާންކޮށްފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ އާ އިންވެސްޓްމަންޓްތައް ގެނައުމުގައި ޗައިނާގެ ބައިވެރިންނާއެކު ޕާޓްނަރޝިޕް އުފެދި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ޤާބިލްކަން ތިންގުނައަށް އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައްވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ އެކުއަކަލްޗަރ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރެވެމުންްދާކަމަށެވެ.

މި ދާއިރާގައި ގިނަ ފުރުސަތުތަކެއް ރާއްޖެއަށް އެބައޮތްކަމަށާއި އެކުއަކަލްޗަރ އަކީ ރާއްޖެއަށް އައު ސިނާއަތެއް ކަމުގައިވާއިރު، ވިޔަފާރި އުސޫލުން އެކުއަކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަހައްދެއްް ވަނީ ކަނޑައެޅިފައިއެވެ.

ރާއްޖޭގައި މި ދާއިރާ ފުޅާކުރުމަށް ޗައިނާގެ އިންވެސްޓަރުން މުހިއްމުކަމަށާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ.

އެގޮތުން މި ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާއާއި، ކެޕޭސިޓީ ބިލްޑިންގއާއި، ޓްރެއިނިންގގައިވެސް އެހީތެރިކަން ބޭނުންވާކަން ޝިޔާމު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: