ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުގެ ލިފްޓުތައް ހަރުކުރުމަށް ލިބުނީ އެންމެ ރަނގަޅު އަގު: ފަޒުލް

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމަށްޓަކައި ހިނގާނެކަމަށް ލަފާކުރާ ހަރަދަކީ އެކަމަށް އެކަށީގެންވާ އަދަދުތަކެއްކަމަށް އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމާއި ގުޅިގެން އުފެދިފައިވާ މައްސަލައިގައި މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްވަނީ އެޗްޑީސީގެ މައްޗަށް އެކި ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތުކުރެވެމުންދާކަމަށް ބުނެ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވާފައެވެ. އެމްޑީ ވިދާޅުވީ، އެޗްޑީސީގައި މައްސަލަތަކެއް ޖެހިގެން ނޫޅޭކަމަށެވެ. އޭނާ ވިދާޅުވީ، ވިނަރެންސް ފްލެޓުތަކުގެ މައްސަލައެއްވެސް ނެތްކަމަށާއި އެކަން ވަރަށް ކެރިހުރެ ދަންނަވާކަމަށެވެ.

ފަޒުލް ވިދާޅުވީ، އޭނާގެ އެ ކުންފުނީގެ އިސްވެރިއެއްގެ މަގާމުގައި ހުންނެވިހާ ދުވަހަކު ތުހުމަތުތައް އަމާޒުކުރާފަދަ އަމަލުތަކަށް ޖާގަ ނުދެއްވާނެކަމަށާއި ދެކެވެމުންދާ ވާހަކަތަކަކީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއްކަމަށެވެ. އެމްޑީ ވިދާޅުވީ، ހިޔާ ފްލެޓުގެ ލިފްޓުތައް ހަރުކުރުމަށްޓަކައި ކަނޑައެޅިފައިވާ ހަރަދު ބޮޑުކަމަށް ބުނެ ވާހަކަތައް ދެއްކިނަމަވެސް ރަނގަޅަށް ހިސާބުތައް ބަލާލުމުން އެއީ ރަނގަޅު އަގުތަކެއްކަން ފެނިގެންދާނެކަމަށެވެ.

ފަޒުލް ވިދާޅުވީ، 10 ފްލޯ ހުންނަ އިމާރާތެއްގައި ލިފްޓު ހަރުކުރުމަށް 8 ލައްކަ އާއި މިލިއަނަކާއި ދެމެދުގެ ހަރަދެއް ހިނގާކަމަށާއި ދެކެވެމުންދަނީ 25 ފްލޯގެ އިމާރާތެއްގައި ލިފްޓު ހަރުކުރުމުގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އިމާރާތުގެ ލިފްޓުގެ ފައުންޑޭޝަން ސަރަހައްދު ކަފާ ނަގަންޖެހޭކަމަށާއި ލިފްޓު ހަރުކުރުމަށް ބޭނުންވާ ނިޒާމުވެސް އެތަނުގައި ގާއިމުކުރަންޖެހޭކަމަށެވެ.

އެމްޑީ ވިދާޅުވީ، އޭގެ އިތުރުން ލިފްޓު ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރަންޖެހޭކަމަށާއި ދައްކަމުންދަނީ 32 ލިފްޓުގެ ވާހަކަ ކަމަށެވެ. ފަޒުލް ވިދާޅުވީ، ދައްކަމުންދަނީ ވަރަށް ބައިވަރު މަސައްކަތްތަކުގެ ވާހަކަ ކަމަށެވެ. އެހެންކަމުން ޖުމުލަ އަގު ބޮޑުކަމަށް ބުނެ އެ ވާހަކަތައް ދައްކާއިރު ހަގީގަތުގައި އެޗްޑީސީއަށް އެ މަސައްކަތްތައް ކުރުމަށް ލިބިފައިވަނީ އެންމެ ހެޔޮ އަގުކަމަށެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ. ފަޒުލް ވިދާޅުވީ، ތުހުމަތުތަކުގެ ސަބަބުން ކުރެވެމުންދާ ކިތަންމެ ސުވާލެއްވެސް ހުރިކަމަށާއި އެފަދަ ހުރިހާ ކަމަކަށް ޖަވާބުދާރީ ނުވަނީ ސޯޝަލްމީޑިއާގައި ދެކެވޭ ކޮންމެ ވާހަކައަކީ ހަގީގަތަކަށް ނުވާތީކަމަށެވެ. އޭނާ ވިދާޅުވީ، ވިނަރެސްއާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު ވިނަރެސް ފްލެޓުތަކުގައި ދޫކުރާނެ އެޕާޓުމެންޓުތަކެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރީ އެޕާޓުމެންޓުތައް ދޫކޮށް ނިންމާފައިކަމަށާއި އެކަން އޮތީ މަސްހުނިގަނޑަކަށް ހަދާފައިކަމަށެެވެ. އަދި މި ސަރުކާރުންވަނީ އޮޅުންތައް ފިލުވުމަށްފަހު ހުރިހާ އެންމެނަށް އެ ފުރުސަތުތައް ފަހިކޮށްދީގެން ކުރިއަށް ގެންގޮސްފައިކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: