ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ގޯތި މައްސަލަ: އަލިފާނުގެ ހާދިސާގައި، ތަހުގީގަށް ބޭނުންވާ ލިޔެކިއުން ގެއްލުނުކަން އަދި ފާހަގައެއް ނުވޭ!

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ދިން މައްސަލައިގައި ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް ގެއްލިފައިވާކަން ފާހަގަ ނުކުރެވޭކަމަށް ފުލުހުން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ލިބުނު މައްސަލައިގައި ތަފާތު އެކި ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދަށް ގޯތި ލިބުނު މައްސަލައިގައި ދެ ބޭފުޅުން ވެސް މިވަގުތު ތިބީ ސަސްޕެންޝަނުގަ އެވެ.

މި މައްސަލައިގައި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު ވެސް ސަސްޕެންޑުކޮށް، ދައުލަތުގެ އެކި އިދާރާތަކުން ވަނީ ތަހުގީގުތައް ފަށާފަ އެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންނަށް ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވި އެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި މިހާރު ފެންމަތިވެފައިވާ މައްސަލައާއި އެއްވެސް ގުޅުމެއް ވެދާނެތޯ އާއި ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް ގެއްލުމުގެ ފުރުސަތު އެބައޮތޯ ނޫސްވެރިން ސުވާލު ކުރިއެވެ.

ޖަވާބުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގޯތީގެ މައްސަލައާއި އަދި ގުޅުވެން ނެތްކަމަށެވެ. އަދި ސީދާ ފުލުހުން ބޭނުންވާ ވަކި ލިއުމެއް ނުލިބިވާކަން ވެސް ފާހަގަކުރެވެން ނެތްކަމަށް ވިދާޅުވި އެވެ.

ބޭނުންވާ ޑޮކިއުމަންޓެއް ހޯދުމަށްޓަކައި، ކުރާ މަސައްކަތުގެ ތެރެއިން އަލިފާނުގެ ހާދިސާއާއި ގުޅިގެން ޑޮކިއުމަންޓެއް ތަހުގީގަށް ނުލިބިވާކަން ފާހަގަކުރެވިފައެއް ނެތް..

ޝަރީފް ވިދާޅުވި ގޮތުގައި ފުލުހުން ދަނީ ލިއުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ތިން ބިމެއްގެ ވަގު ލިޔުން ފުލުހުންގެ ސަމާލުކަމަށް އައިސް، މިހާތަނަށް ހަ މީހަކާއި ސުވާލުކޮށްފައިވާނެކަމަށް ވިދާޅުވި އެވެ.

ތަހުގީގުގައި އެ މީހުންނާއި ސުވާލު ކުރުމުން ބުނެފައި ވަނީ، މިއީ ކުރީ ސަރުކާރުން އެ މީހުންނަށް ދީފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި އެ ލިޔުން އެ މީހުންނަށް ލިބިފައި ވަނީ ޝަރުތު ހަމަނުވާތީ ޝަކުވާ ހުށަހެޅުމުން، މިނިސްޓްރީގެ އިސްފަރާތްތަކުން ބޭއްވި ބައްދަލުވުމުގައިކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: