ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވެރިންނަށް ރައީސްގެ ވަރުގަދަ މެސެޖެއް: ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ހިޔާނާތާއި ވައްކަމަށް ސަރުކާރުގެ ތެރެއިން އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، އެފަދަ ކަމެއްގައި ޝާމިލުވާ ކޮންމެ ބަޔަކާއި މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. އަދި ހިޔާނާތުގެ މައްސަލަތައް ދައުލަތުގެ މުވައްސަސާތަކުން ބަލައި ތަހުގީގު ކުރަން ފެށުމުން، ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި ނުވާ ބަޔަކަށް، ލިޔެކިއުން ލިބި އިންފާރު ރޭނި މައްސަލަ ގޯސްވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ހިމެނޭހެން މައްސަލައިގައި ގިނަ ބަޔަކު ވަނީ ސަސްޕެންޑުކޮށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފަ އެވެ.

މައްސަލަ ފެންމަތިވެގެން އައުމަށް ފަހު ފަޒުލް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ގާނޫނާއި ގަވައިދާއި ހިލާފަށް އެއްވެސްކަމެއްކޮށްފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ބޭބެ ފަޒީލަށް ވެސް އެއްވެސް ނާޖާއިޒް މަންފާއެއް ނަގައިދީފައި ނުވާނެކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ސަރުކާރުގެ އިދާރާތަކުން ވެސް ތަހުގީގު ފަށައި، އަވަސް ފިޔަވަޅު އަޅާފައި ވަނިކޮށް ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ރައީސް ރޭ ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ގަވައިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

އެއްވެސް ބޭފުޅަކު ޤަވާއިދާ ޚިލާފަށް ނުވަތަ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން

މީގެއިތުރުން ރައީސް ވަނީ ކޮރަޕްޝަން ޓޮލަރޭޓް ނުކުރައްވާނެކަމަށާއި، ޒީރޯ ޓޮލަރަންސް އޭގެ ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށްވެސް ސަރުކާރުގެ ވެރިންނަށް އަންގަވާފައެވެ.

ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރަންސް ޙަޤީޤީ މާނައިގައި ތަންފީޒު ކުރާނަން

ކޮރަޕްޝަންގެ އަމަލުތައް ހިންގާ ނަމަ ސަރުކާރުން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައީސް ތަކުރާރުކޮށް ދެއްވަ އެވެ. އަދި މަޤާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ ސަރުކާރުން އިސްވެ އެމައްސަލައެއް ބަލާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 58%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: