ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ޙަރަކާތްތެރިވަމުންދާކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޕަމްޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެންމެ ބޮޑަށް ފެން ބޮޑުވި ސަރަޙައްދުތަކުގެ ތެރޭގައި މާލޭ ވެސްޓްޕާކް ސަރަޙައްދު، އައިޖީއެމްއެޗް ސަރަޙައްދު، ވިލިނގިލީ ފެރީ ޓާރމިނަލް ސަރަޙައްދު، ދިރާގު ސަރަޙައްދު، އަދި ޖެލީ ޕިއްޒާ ސަރަޙައްދު ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިިޓީން ބުނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ފެންބޮޑުވެފައިވާ ބައެއް ސަރަޙައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

