ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ޗާގޮސް ހޯދުމަށް އިނގިރޭސި ސަރުކާރަށް ހުށައަޅައިފި

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ޗާގޮސްގެ ސިޔާދަތީ ބާރުތައް ހަވާލުކުރުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނާގޮތުން، މޮރިޝަސްއަށް ޗާގޮސް ހަވާލުކުރުމަށް މަސައްކަތްތައް ކުރެވެމުންދާއިރު، ރާއްޖެއިން ވަނީ އެތަނުގެ މައްޗަށް ހައްގުވެރިކަން އޮތްކަމަށް ދައުވާކޮށްފައެވެ. ގީބީ ނިއުސްއިން ބުނެފައިވާގޮތުން ރައީސް މުއިއްޒު ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުވައި މޮރިޝަސްގެ ބަދަލުގައި ރާއްޖެއަށް އެ ސަރަހައްދު ހަވާލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެހެން އެއްވެއް ގައުމަކަށްވުރެ ބޮޑަށް އެތަނާއި ދިވެހިރާއްޖެއާއި ދެމެދު ތާރީހާއި ސަގާފަތުގެ ގުޅުންތައް އޮތްކަމަށް ވިދާޅުވެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އެގޮތުން ޗާގޮސްއާއި ރާއްޖެއާއި އެހެން ގައުމަކަށްވުރެ ބޮޑަށް ގުޅުން އޮތްކަން ރާއްޖޭގެ އިހުޒަމާނުގެ ވެރިންގެ ލިޔެކިއުންތަކުން ފެނިގެންދާކަމަށް ވިދާޅުވެފައިވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މި މުއާމަލާތުގެ ތަފްސީލުތަކެއް ލިބިފައިނުވާކަމަށް ބުނާއިރު، ސަބަބެއްގެ ގޮތުގައި އާރްޓީއައިގެ ދަށުން އެ މައުލޫމާތު ހޯދުމަށް އެދުމުން ރައީސް އޮފީހުން ދެކޮޅު ހަދާފައިވުން ފާހަގަކޮށްފައިވެއެވެ.

މިފަހުން އިނގިރޭސިވިލާތުން މިކަމާއި ގުޅިގެން އެކުލަވާލި އެއްބަސްވުން ބަލައިގަތުމަށް މޮރިޝަސްގެ އައު ބޮޑުވަޒީރު ނަވީން ރާމްގޫލަމްވަނީ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވިގޮތުން އެ އެއްބަސްވުމުގެ ދަށުން މޮރިޝަސްއިން އެދޭ ފައިދާތައް ލިބިގެން ނުދާނެއެވެ. ނަމަވެސް ދެ ގައުމުންވެސް ތިބީ އެއްބަސްވުމެއް ގާއިމުކުރުމަށް ތައްޔާރަށްކަމަށް އޭނާގެ ވާހަކަތަކުން ދޭހަވެއެވެ.

މިކަމުގެ އިތުރު މައުލޫމާތުތައް ހޯދުމަށް ”ސަންގު“ އިންވަނީ ރައީސް އޮފީހުގެ ތަރުޖަމާނަށް ގުޅުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މައުލޫމާތުތައް ކަށަވަރުކުރެވިފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: