ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓާއި 42،000 ވުރެ ގިނަ ރަލުގެ ބާވަތްތައް މިދިޔަ އަހަރު ހިފެހެއްޓިން: ކަސްޓަމްސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގައި ހިންގި އޮޕަރޭޝަން ތަކުން 6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަދި 42،000 ވުރެ ގިނަ ރަލުގެ ބާވަތްތައް ހިފަހައްޓައިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ކަސްޓަމްސްއިން ބުނެފައި ވަނީ ގައިވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ވަރަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެވާ މުދާ ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ސްޓިކްސް ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެ ހިދުމަތުން ބުނެފައި ވަނީ ސިނގިރޭޓަކީ ވަކި ގޮތަކަށް ލޭޭބަލް ކުރަންޖެހޭ ތަކެތި ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވަކި ގަވައިދެއް އެކަމަށް އޮންނަ ކަމަށެވެ.

ހަމައެފަދައިން ރާޖެއަށް އަންނަ ފަސިންޖަރުން އެކި ރަލުގެ ބާވަތްތައް ގެންނަ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ރަލުގެ ބާވަތްތަކަކީވެސް ރާއްޖެއަށް ވަކި ހާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ ތަކެތިކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އަދި އެ ހުއްދަ ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުގެ ފަރާތުން ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ފަސިންޖަރުން ރާއްޖެ އަންނައިރު އެ ހުއްދަ ނޯންނަ ކަމަށާއި، ބޮޑަށް މިކަމުގައި ފާހަގަކުރެވެނީ ފަތުރުވެރިން ކަމަށެވެ. އެގޮތުން ފަތުރުވެރިން ނުވަތަ އެ އަންނަ ފަސިންޖަރުންގެ ފޮށިތައްމަތި ބަލާ ޗެކު ކުރުމުގެ ތެރެއިން 42،000 ފުޅި/ދަޅު ހިމެނޭގޮތަށް އެކި ރަލުގެ ބާވަތްތައް ހިފަހައްޓާފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެތަކެތި ބަހައްޓަނީ އެއާޕޯޓުގައި ކަމަށާއި އެ ފަސިންޖަރަކީ ފަތުރުވެރިއެއް ނަމަ 1 މަސް ތެރޭގައި އެތަކެތި އަލުން އަނބުރާ ގެންދެވޭނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެެހެންނަމަވެސް އެތަކެތި ނުގެންދާނަމަ އެތަކެތި ނައްތާލަނީ ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: