ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެއަށް؛ އެއީ 136.5 މިލިމީޓަރު

މިފަހުން މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެފައި އޮތް މަގަކުން ބަޔަކު ހިނގަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޯކޮށް ވާރޭ ވެހުނީ 3 ސްޓޭޝަނަކަށް ކަމަށާއި އޭގެތެރެއިން މާލެއަށް 136.5 މިލިމީޓަރު ވާރޭ ވެހުނު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ސަންގަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދަށް ނިމިދިޔަ ހަފްތާގައި މޫސުން ގޯސްކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަން ފާހަގަކުރެވިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މެޓުން ވަނީ ބުނެފައެވެ. މިއާއިއެކު ހޯމަދުވަހު ނ އަތޮޅުގެ ބައެއް ރަށްތަކަށް ފެންބޮޑުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކުރިއަށްއޮތް ބަންދު ދުވަސްތަކާއި ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް ލޮަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ޜާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ވެފައިވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެންމެ ބޯކޮށް ވިއްސާރަވެފައިވަނީ މެދުރާއްޖޭގެ ސަރަހައްދަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 24 ގަޑި އިރުގެ ރެކޯޑަށް ބަލާއިރު 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ 3 ސްޓޭޝަނެއް ވާކަމަށާއި އެއީ، ބ. ދަރަވަންދޫ، ހުޅުލެ އަދި މާލެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ތިން ސްޓޭޝަނުންވެސް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށާއި އެއި 136.5 މިލިމީޓަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. މާލެއަށް ވާރޭ ވެހުނު ގޮތަށް ބަލާއިރު ރޭގެ ދަންވަރު ވާރޭ ވެހެން ފަށާފައިވާކަމަށާއި ގާތް ގަނޑަކަށް 00:30 ހާއިރު ވެހެން ފެށިގޮތަށް 2:00 ހާއިރު ވާރޭ ބޯކޮށްލާފައިވާކަމަށް ފާހަގަކުރެވުނު ކަމަށާއި އެންމެ ބޯކޮށް ވާރޭ ވެހުނީ 30 ގަޑި އިރަށް ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން ބުނެފައިވަނީ ވާރޭ ތުނި ކޮށްލައިފައިވަނީ 8:00 ޖެހުމާއި ހަމައަށް ކަމަށެވެ. މެޓު އޮފީހުން ބުނެފައިވަނީ 24 ގަޑިއިރަށް ބަލާއިރު މިއީ ރެކޯޑު އަދެއް ނޫން ކަމަށާއި، އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއް ތެރޭގައި ވަރަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: