ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2035ގެ ނިޔަލަށް އެމެރިކާގެ ގްރީން ހައުސް އެމިޝަން 60 އިންސައްތައިން ދައްކުރާނަން: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2035 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ގްރީން ހައުސް ގޭސް އެމިޝަން 60 އިންސައްތައިން ދަށްކުރާނެކަމަށް ވެރިކަމުން ފައިބައިވަޑައިގަތުމަށް ތައްޔާރުވެފައިވާ އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން ވެރިކަމުގެ ދައުރު ނިމި، ތަހުތުން ފައިބާ ވަޑައިގަތުމަށް ކަނޑައެޅިފައިވާ އެމެރިކާގެ ރައީސް ބައިޑެންވަނީ އައު ވައުދެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ގައުމުގެ ގްރީން ހައުސް ގޭސް އެމިޝަން 2035 ވަނަ އަހަރުގެ ނިޔަލަށް 60 އިންސައްތައިން ދަށްކުރާނެކަމަށް އާންމުކުރައްވާފައިވާކަމަށާއި އޭނާ މަސައްކަތްކުރައްވަމުންދަނީ ގްލޯބަލްވޯމިންގްއާއި ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތައް ދެމެހެއްޓިގެންދާކަން ކަށަވަރުކުރުމަށްކަމަށެވެ. އެހެންނަމަވެސް ވެރިކަމާއި ހަވާލުވުމަށް ކަނޑައެޅިފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕުވަނީ ބައިޑެން ކުރިއަށް ގެންގޮސްފައިވާ ގިނަ މަސައްކަތްތަކެއް ބާތިލުކުރުމަށް ނުވަތަ ހުއްޓާލުމަށް ވައުދުވެވަޑައިންފައިކަން ފާހަގަކުރެވޭކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބައިޑެން ވިދާޅުވީ، 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން އެމިޝަންގެ ދެބައިކުޅަ އެއްބައި މަދުކުރާނެކަމަށް މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދަށްވުރެ ހަރުދަނާ ވިސްނުމެއްގެ މަތިން ވެވަޑައިގެންފައިވާ މި ވައުދުގެ ސަަބަބުން 2050 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ގްރީން ހައުސް ގޭސް އެމިޝަން ނެޓް ޒީރޯއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރުލިބިގެންދާކަމަށެވެ. އެހެންކަމުން އެމެރިކާއިން ރަސްމީގޮތުން މިކަން އދއަށް ހުށައަޅާނެކަން ހިއްސާކުރެއްވިއެވެ.

އައު ވައުދު ފުއްދިއްޖެ ހާލަތެއްގައި 2005 ވަނަ އަހަރުގެ ތެރޭގައި އެމިޝަން ހުރި މިންގަނޑަށްވުރެ 61 އިންސައްތަ ދަށަށް އެ އަދަދުތައް 2035 ވަނަ އަހަރުގެ ނިޔަލަށް ގެންދެވޭނެއެވެ. ބައިޑެން ވިދާޅުވީ، އޭނާގެ ސަރުކާރުން އެ ގައުމުގެ ތާރީހުގައި ކުރިއަށް ގެންގޮސްފައިވާ އެންމެ ވަރުގަދަ ކްލައިމެޓް އެކްޝަންގެ މަސައްކަތްތައް ކުރުމާއިމެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ބައިޑެންގެ މި ނިންމެވުން އިއުލާނުކުރެއްވީ ވެރިކަމުގެ ދައުރު ނިމުމަށް މަހެއްހާ ދުވަހަށް ވެފައިވަނިކޮށެވެ. އައު ރައީސް ޓްރަމްޕްވަނީ ބައިޑެން ކުރައްވާފައިވާ މިފަދަ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އަންގައި އަމުރުތަކެއް ނެރޭނެކަން އިއުލާނުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: