ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހެއް އަނެއްކާވެސް ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ ގަލޮޅުގައި ހުރި ގެއެއްގެ ތެރެއިން ހަބަރު ހުސްވެފައިވާ އޮތް މީހަކު ފެނުންކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރުކަމަށެވެ. ރިޕޯޓު ލިބިފައިވަނީ 1:27 ގައެވެ.

އެއީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް، 45 އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް އައިޖީއެމްއެޗްއާއި ހަވާލާދީ ފުލުހުން ބުންޏެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް ހަމަ ގަލޮޅުގައި ހުރި ގެއަކުން މަރުވެފައިވާ މީހަކު ވަނީ ފެނިފައެވެ. މި މަރުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 5:02 ހާއިރުއެވެ. އޭނާވެސް އޮތީ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައެވެ.

އިއްޔެ ހަވީރު މަރުވެފައި އޮއްވާ ފެނުނީ ގ. ފްރެސް ލައިޓް، އަލީ ރަޝީދު 35 އެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: