އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 15 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަންނަ އަހަރު 15 އިންސައްތައިގެ ކުރިއެރުމެއް ރާއްޖެއަށް ހޯދުން ކަމަށާއި، ރެވެނިއުއަށް ބަލާލާއިރު ގާތްގަނޑަކަށް 5 މިލިއަން ޑޮލަރާ ގާތަށް މިދާއިރާގެ ރެވެނިއު ދާނެކަމަށެވެ.
މިއީ އެކަކުގެ މަސައްކަތް ނޫންކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިދަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ހަރަކާތްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މީގެ އެތައް އަހަރެއް ކުރިން ފަތުރުވެރިކަމުގެ ސިނާއަތް ކޮޅަށް ނެގުމުގެ މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
އެދުވަހު ވިޔަފާރިވެރިން ކުރި ބުރަ މަސައްކަތަކީ މިއަދު އަޅުގަނޑު މިތާ ހުރެވުނީ އެދުވަހު އެބޭފުޅުން އެމަސައްކަތް ކުރީމަ. އެހެންވީމަ ޓޫރިޒަމް ސިނާއަތަކީ ވަރަށް މުހިންމު ސިނާއަތެއް.
ފައިސަލް ވިދާޅުވިއެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފައިސަލް ވިދާޅުވިއެވެ.
މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަސައްކަތް ކުރަމުންދަނީ ބޮޑެތި ގޮންޖެހުންތަކާއިއެކުކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް މީގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކޮށ،ް ހުރި ބޮޑެތި ގޮން ޖެހުންތަކަކުން އަރައިގަނެވިފައިވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

