ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދިއްޕޮޅު ގޭޓުން ބޭރުގެ ޔޮޓަކަށް ކްލިއަރެންސް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިހަވަންދިއްޕޮޅުގެ ”އިންޓަނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓް“ އަށް ވަތް ޔޮޓަކަށް ކްލިއަރެންސް ހިދުމަތް ދީފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް ވަނީ މައުލޫމާތު ދެއްވާފައެވެ.

ވަޖީހް ވިދާޅުވީ ހަވަންދިއްޕޮޅުގައި އެ ކުންފުނިން ގާއިމުކޮށްފައިވާ ގޭޓުން ހިދުމަތް ހޯދުމަށް ބޭނުންވި ރާއްޖެ އިން ބޭރުގެ ޔޮޓަކަށް ކްލިއަރެންސްގެ ހިދުމަތްދީ ނިންމާލެވިފައިވާ ކަމަށެވެ.

މިއީ ފަތުރުވެރިންނާއިއެކު ރާއްޖެއަށް ޒިޔާރާތްކުރި ޔޮޓެކެވެ.

މިދުވަސްވަރު ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދަކަށް ޔޮޓުފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރުވެފައިވާކަމަށް ވަޖީހް ވިދާޅުވިއެވެ.

ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލް އިހަވަންދިއްޕޮޅު ޒޯންގައި ބަންކަރިން އޮފްޝޯ ހިދުމަތް ދޭނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެ. އަދި ބަންކަރިންގ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކުންފުންޏަކީ އެސްޓީއޯއެވެ.
ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: