ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ތުހުމަތުތައް ބަލަނީ ސިޔާސީ ވެގެންކަމަށް ބުނަމުންދަނީ އެކަންކަން ފޮރުވުމަށް: ޕީއެންސީ

ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެ ޕާޓީގެ އިސްބޭފުޅުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތައް ތަހުގީގު ކުރަން ފެށުމުން، އެއީ ސިޔާސީ ގޮތުން ކުރަމުންދާ ކަންކަން ކަމަށް ބުނުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން) ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ކޮރަޕްޝަން ނައްތާލުމަށް ޤައުމީ ފެންވަރެއްގައި މިއަދުގެ ސަރުކާރުން ކުރަމުންދާ މަސަައްކަތްތަކަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ. މިއީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުކަން ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީން ވަނީ މިނިވަން ތަހުގީގީ އިދާރާތަކުން ކުރިއަށް ގެންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގުތަކަށްވެސް އަލިއަޅުވާލާފައެވެ. އެގޮޮތުން މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކުން މި ހިނގަމުންދާ ވެރިކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ދައްކަމުންދާކަން ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މިދިޔަ ސަރުކާރުގެ އިސް ވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި، ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވިކަމަށް ކުރެވޭ ތުހުމަތުތައްވެސް އެ އިދާރާތަކުން ބަލަމުންދާއިރު، މި މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަވަސް ކުރަންޖެހޭކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ ތަހުގީގުތަކަކީ ވަގުތާއި ވަސީލަތްވެސް ބޭނުންވާނެ ތަހުގީގުތަކެއްކަންވެސް ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ، މިދިޔަ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭރުގެ ސަރުކާރުން ބީރުކަންފަތެއް ދީފައިވާ ކަމަށާއި، މިހާރު އެ މައްސަލަތައް ބަލަން ފެށުމާއެކު އެކަން ސިޔާސީ ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.

ޕީއެންސީން ވަނީ ދައުލަތުގެ ފައިސާއިން ވައްކަން ކޮށްފައިވާނަމަ އެކަންކަމަކީ ވަކި ސިޔާސީ ފިކުރަށް ބެލުމެއް ނެތި، ބެލެން ޖެހޭނެކަމެއްކަންވެސް ފާހަގަކޮށްފައެވެ. އަދި މިކަންކަމުގެ ފަހަތުގައި ތިބި ފަރާތްތައް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ޕީއެންސީން ވަނީ ގޮވާލާފައެވެ. އެގޮތުން މިފަދަ ކަންކަމަކީ ޤައުމުގެ ކުރިއެރުމާއި، ފަރުދީ ގޮތުން ރައްޔިތުުންނާވެސް ނުހަނު ގުޅިފައިވާ ކަންކަން ކަމަށް ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލަތަކާއި ގުޅޭގޮތުން އާންމުންނަށް ވީހާވެސް ސާފުވާނެ ގޮތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

މިދިޔަ ސަރުކާރުގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ގެ ވެރިންނަށް ކުރެވުނު ތުހުމަތުތައް އޭރު އެކަށީގެންވާ ގޮތެއްގައި ބަލާފައިނުވާތީ ގިނަ ބައެެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. އަދި ފެނަކަ ކުންފުނީގެ ކުރީގެ ވެރިންގެ މައްޗަށް މިހާރު ވަނީ ތަހުގީގު ނިންމައި ދައުވާވެސް އުުފުލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: