ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ – ޗައިނާ އެފްޓީއޭއަށް ބުދަ ދުވަހު އަމަލު ކުރަން ފަށާނެ؛ ”މިއީ ދިވެހި ވިޔަފާރިންނަށް ލިބޭ އިތުރު ފުރުސަތެއް“!

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ތައްޔާރުވެފައިވާއިރު، މިއީ ދިވެހި ވިޔަފާރިވެރިންނަށް ލިބޭ އިތުރު ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެކު، ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވީ ޗައިނާއާއި ރާއްޖެ ދެމެދު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލު ކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމާއި ގުޅޭގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝީ ޖިންޕިންއާއި އެކު ބައްދަލު ކުރައްވައި ދެކެވުނު ވާހަކައިގައި ރާއްޖެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ވިޔަފާރި އިންވެސްޓްމަންޓުގެ ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްގީ ގެނައުމަށް ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އެމްއޯޔޫތަކުގައި ސޮއި ކުރެވިގެން ދިޔަކަމަށް ސައީދު ވިދާޅުވި އެވެ.

ފްރީ ޓްރޭޑު އެގްރިމަންޓަށް އަމަލު ކުރުމަށް މަޝްވަރާ ކުރެވި މިހާރު، މިއަދު އެ ދިޔައީ އެފްޓީއޭ ތަންފީޒުވެގެން.. މީގެ ދެތިން ދުވަސް ފަހުން މި ތަންފީޒު ވެގެންދާނެ.. ޓެރިފް އެއްކޮށް ކެނޑިގެންދާނެ ގާތްގަނޑަކަށް 70 ޕަސަންޓު ދިވެހިރާއްޖެއަށް އެތެރެ ކުރާ ފުރަތަމަ ދުވަހުން ފެށިގެން ވެސް.. އޭގެ ތެރޭގައި ޗައިނާއަށް އެޗްޕޯޓު ކުރާ އައިޓެމްތަކުގެ ތެރެއިން ވެސް 95 ޕަސަންޓުގެ އައިޓްމްތަކުން 0 ޕަސަންޓުގައި ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ..

ސައީދު ވިދާޅުވީ އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި 90 އިންސައްތައާއި ހަމައަށް ރާއްޖެ އެތެރެ ކުރާ ޗައިނާގެ ގިނަ ބާވަތްތަކުގެ މުދަލުން ޑިއުޓީ މައާފުވާނެކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ ފުރުސަތެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު ބާޒާރުކަމުގައި ވެސް ވިދާޅުވި އެވެ.

މި އެއްބަސްވުމާއި އެކު ޓްރެޑިޝަނަލް މާކެޓުތައް ގެއްލޭނެކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޓްރާންޝިނަލް މާކެޓުތަކުގެ ގޮތުގައި ހުރީ އަވައްޓެރި ގައުމުތަކުގެ އިތުރުން ޔޫއޭއީ ފަދަ ގައުމުތައްކަމަށެވެ. މިއާއި އެކު އިންޑިއާއާއި އެކު ވެސް އެފްޓީއޭ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ސައީދު ފާހަގަކުރެއްވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ޑިއުޓީ މައާފުވުމުގެ ސަބަބުން ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ގެއްލޭނެކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ އެއީ ނޫންކަން ހާމަކުރައްވައި ސައީދު ވިދާޅުވީ ޑިއުޓީގެ ގޮތުގައި ފައިސާ ނުލިބުން ނަމަވެސް ދައުލަތަށް އެ ފައިސާ ނުގެއްލޭނެކަމަށެވެ.

ކޮބައިތޯ ޓްރެޑިޝަނަލް މާކެޓުތަކަކީ އަޅުގަނޑުމެންނަށް އެންމެ ޓްރެޑިޝަނަލް މާކެޓުތަކުގެ ތެރޭގައި މިހުރީ އަޅުގަނޑުމެންނާއި ކައިރީގައި ހުރި ގައުމުތައް.. އަދި ކައިރިޔާއި.. މާ ކައިރި ނޫނަސް ވިޔަފާރީގެ ގުޅުން އަޅުގަނޑުމެންނާއި އެންމެ ބޮޑުކޮށް މި ހުންނަ ގައުމުތަކަކީ.. އޭގެ ތެރޭގައި ޔޫއޭއީ މި ފާހަގަކުރެވެނީ.. ދެން ދިވެހިރާއްޖެއަށް ތެޔޮ އެތެރެ ކުރާ ގައުމުތައް.. ވަރަށް ބޮޑަށް ވިޔަފާރީގެ މާކެޓުތައް.. އަޅުގަނޑުމެންނާއި އެންމެ ގާތުން މިއޮތީ އެންމެ އަވައްޓެރި އިންޑިއާ.. އޮތް އިރުގައި އިންޑިއާއި އެކު ވެސް ދެ ގައުމުގެ ވެރިންގެ އެންމެ ފަހުގެ ބައްދަލުވުމުގައި މިވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވަންނަން މިވަނީ އެއްބަސްވެފައި، އެހެންވީމަ މީގެއިން ވެސް އެބަ އެނގޭ މިނިވަން ވިޔަފާރިކަން މުސްތަގުބަލަކީ..

ސައީދު ވިދާޅުވީ ވިޔަފާރީގެ މުސްތަގުބަލަކީ މިނިވަން ވިޔަފާރިކަން އެންމެނަށް ވެސް އެނގޭކަމަށެވެ. އަދި ތުރުކީއާއި އެކު ވެސް ކުރެވޭ މަޝްވަރާތަކާއި އެއްގޮތަށް ތަންފީޒު ކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014، ޑިސެމްބަރުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މި އެއްބަސްވުމަށް ރުހުންދީފައި ވަނީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިން ބަދަލުވުމުގެ ކުރިޔަށް އޮތް މަޖިލީހުންނެވެ. އޭގެ ފަހުން އެމްޑީޕީގެ ވެރިން އުފެދި އެއްބަސްވުން މުރާޖައާ ކުރަމުންދާކަމަށް ބުނެ، އެއްބަސްވުމަށް އަމަލުކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: