ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތް އޮޅާ ޕޭޕަރާއި ފިލްޓަރުވެސް އެތެރެކުރުން މަނާ، ގަމް އާއި ޕެޗު ނުހިމެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތް އޮޅުމަށްޓަކައި ބޭނުންކުރާ ޕޭޕަރާއި ފިލްޓަރުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.

ސިއްހީ ވުޒާރާއިން ކަސްޓަމްސްއަށް ފޮނުވާފައިވާ ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ލިޔުމުގެ ސައްހަކަން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް މިނިސްޓްރީން ޖަވާބެއް ނުދެއެވެ.

އެ ސިޓީގައި ވާގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތް އެކުލެވޭ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. އަދި ދުންފަތާއި އޭގެ ތަނޑީގެ އިތުރުން ނިކޮޓިން އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއްގެ އިސްތިއުމާލުކޮށްގެން އެތަކެތީގައި އެކުލެވޭ މާއްދާއެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީވެސް ދުންފަތުގެ ބާވަތެއްކަމަށް ގާނޫނުގައި ބަޔާން ކުރާކަމަށްވެއެވެ.

އެހެންކަނުން ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމަށް ވާއިރު ދުންފަތް އުފެއްދުމަށްޓަކައި ބޭނުން ކުރާ އެއްވެސް އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ އެތަކެތި ކަސްޓަމްސްއިން ހިފަހައްޓައި ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ ކަސްޓަމްސްއަށް އަންގާފައެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި ސަންގުއިން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ސީދާ ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. އެކި މަސްދަރުތަކުން މައުލޫމާތު ލިބުނު ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރަށް ދިއުމަށްޓަކައި ބޭނުންކުރާ ޕެޗު އަދި ގަމް މަނަލެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: