ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ގާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްފުތައް މާލެ ގެންނަން އުޅޭ ވާހަކަ ދޮގުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ފަމްފުތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭވާހަކަ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ދޮގުކުރައްވައިފި އެވެ.

އައްޑޫގައި ގާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕުތައް ނެގުމަށްފަހު މާލެ ގެންދަން އުޅޭ ކަމުގެ ވާހަކަ އާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭކަމަށާއި ޕަމްޕް ސްޓޭޝަންތަކުގައި ބަހައްޓާ ޕަންޕްތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިވަގުތުވެސް ކުރަމުންދާކަމަށެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމޭއިރު ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެނަމަ ފެން ހިންދުމަށް ބޭނުންވާނެ ޒަމާނީ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ވިއްސާރާ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އައްޑުއަށް ވެސް ދިމާވެއެވެ. މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެކަމަށް ބޮޑު އިސްކަމެއް ދީގެން ކަމަށާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެހެން ކަމުގައި މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: