ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސް އޮފިސަރުންގެ އެކައުންޓުގައި ދައުރުވީ ހިޔާނާތުގެ ފައިސާކަން އަދި ކަށަވަރެއް ނޫން!

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސް އޮފިސަރުންގެ ބައެއް އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާ ދައުރުވެފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައެއް މިހާރު ތަޙުޤީޤު ކުރެވެމުންދާކަމަށް އިތުބާރުހުރި މަޞްދަރަކުން މަޢުލޫމާތު ލިބިއްޖެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސަންގު އާ ވާހަކަދެއްކެވި މަޞްދަރަކުން ވިދާޅުވި ގޮތުގައި، ކަސްޓަމްސް އޮފިސަރުންނަކީ އަމިއްލަ ވިޔަފާރި ކުރުން މަނާ ބައެއް ނޫނެވެ. އެހެންކަމުން، އެފަދަ ވިޔަފާރިތަކުގެ ސަބަބުން އެކައުންޓުތަކުގައި ފައިސާ ދައުރުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މި ކަންކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ތަޙުޤީޤެއް ކުރިއަށްދާކަން އެ މަޞްދަރުން ފާހަގަކުރެއްވިއެވެ.

އިތުރަށް އެ މަޞްދަރުން ވިދާޅުވި ގޮތުގައި، މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް އޮފިސަރެއް ވަޒީފާއިން ސަސްޕެންޑް ކުރެވިފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އޮޅުވާލުމާއި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި ތަޙުޤީޤާ ގުޅިގެން ބައެއް އޮފިސަރުންގެ މުވާޞަލާތީ ވަސީލަތްތަކާއި އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، 2024 އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: