ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިފައިވާ މީހުންނާއި ބޮޑެތި މަރުގެ މައްސަލަތައް؛ އިންސާފު ނުލިބި އެތައް އަހަރެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޮޑެތި މަރުގެ މައްސަލަތައް ތަކުރާރުކޮށް ގިނަވަމުން ދާއިރު މި މައްސަލައިގައި ޝަރުއީ ދާއިރާއިންނާއި އަދި ތަންފީޒީ އިދާރތާތަކާއި މުވައްސަސާތައް އޮތީ ފެއިލްވެފައެވެ. މީހެއްގެ މަރުގެ ހަބަރު ލިބުމާއެކު އެވާހަކަ އަޑު ހަރުކޮށް އޭރަކު ދެއްކި ނަމަވެސް ފަހުން އެވާހަކަ ދައްކާނެ ބަޔަކުވެސް ނުވެއެވެ. ކޮންމެ މައްސަލައެއްގައިވެސް ސާބިތުވާވަރުގެ ހެއްކެތް ނުލިބެއެވެ. އަބަދުވެސް އަޑު އިވެނީ އެ މައްސަލައެއްގައި ތުހުމަތުވީމީހާ ދޫކޮށްލި ހަބަރެކެވެ. ނުވަތަ އެ މައްސަލައެއްގައި އުޅުނު ބަޔަކު އެކަން ނުކުރާކަމަށް ނިންމި ހަބަރެކެވެ.

ރާއްޖޭގައި އެތައް މަރުތަކެއް ހިނގައި ގޮސްފިއެވެ. ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި، ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި، އިލްމުވެރިޔާ އަފްރާޝީމްގެމަރާއި، މީހެއްގެ ހަށިގަނޑުގެ ބައިތައް ކޮށާލައިފައި އޮއްވާ ފެނުމާއި، ނޭންގި އެކި ރަށްރަށުގައި މަރާލައިފައި އޮއްވާ ފެނިފައިވާ މީހުންވެސް މަދެއް ނޫނެވެ. މި ލިސްޓު އަދިވެސް ހަމަ ކިޔިދާނެއެވެ. އަހަރަކަށް ވުރެ އަހަރެއް މަރާލާފައިވާ މީހުންގެ ލިސްޓު ދިގުވެގެން އަންނައިރު އެމީހުންގެ އާއިލާތަކަށް އެކަމުގެ އިންސާފު ލިބުގައިވެސް އަހަރަކަށް ވުރެ އަހަރެއް ދަނީ ލަސްވަމުންނެވެ. ހަގީގީ މައްސަލައަކީ ކޮބައިކަމެއް އެއްވެސް ބަޔަކަށް ނޭންގުމަކީ ގައުމާއި ހަވާލުވެގެން ތިބި ބައެއް ފެއިލްވުން ނޫންތޯއެވެ. އެމީހުންނަށް އެކަން ނޭންގޭނަމަ ދެން އިނގޭނެ ވަކި އެހެން ބަޔަކުވެސް ނެތެވެ.

މަރުގެ މައްސަލަތައް ބަލަން ކޮމިޝަންތައް އުފައްދާ، މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ މަގުތަކުގައި ކުރި ކެމްޕޭނާއި ހުރިހާ ކަމެއް އަދިވެސް ހަމަ ރައްޔިތުން ހަނދާން ހުންނާނެއެވެ. މަރުގެ މައްސަލަތައް ބަލަން ހެދި ކޮމިޝަނުންވެސް ވީ ފައިދާއެއް ނެތެއެވެ. އަދި ފައިދާއެއ ނުވިތާ ދައުލަތަށް ލިބުނީ އެތައް މިލިއަނެއްގެ ގެއްލުމެކެވެ.

މަރުގެ ހަބަރެއް ލިބި އެތަނަކަށް ތަންފީޒީ އިދާރާތަކުން ދާއިރު ފެންނަ މަންޒަރަކީ މުޅި ތަން ސީލްކުރާ މަންޒަރެވެ. އަދި ތަހުގީގު ވަގުތުން ފަށައެވެ. އެހެންނަމަވެސް ހެކިންގެ ހެކިބަސް ބަދަލުވުމާއި، ސާބިތުވާވަރަށް ހެކި ނުލިބިގެން ތުހުމަތުކުރެވޭ މީހުން ދޫ ވުމަކީ އަބަދުވެސް އަޑުއިވޭ ވާހަކައެވެ. މިގައުމުގެ ތަންފީޒީ އިދާރާ ތަކުގައި އެވަރުގެ ގާބީލްކަން ނެތީ ތޯއެ؟ އިންސާފަށް ވާސިލްވުމަށް އޮންނަ މަގު އެހާ ދިގުވަނީ ކޮން ސަބަބަކާއި ލައިގެންތޯއެވެ. މިފަދަ އެއްތައް ސުވާލުތަކެއް އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ މި މަރުތަކަށް ވީ އެންމެ އަހަރެއް ނުވަތަ ދެ އަހަރެއް ނޫނެވެ. 13 އަހަރު، 10 އަހަރު ނުވަތަ މިއަށްވުރެ ގިނަ އަހަރުވެފައި އަދިވެސް އިންސާފް ނުލިބި އެވަހުއްޓެވެ. ބައެއް މީހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި އެމީހުންގެ މައްސަލައިގެ ހުކުމަށް އިންތިޒާރުކޮށް ދުވަސްތައް ކަނޑަތު ކުރަމުންދާއިރު އެކަން ވާނީ ކޮން އަހަރަކު ކަމެއް ނޭންގެއެވެ.

މަރުގެ މި ހުރިހާ މައްސަލައެއްވެސް ގޮސް ހުއްޓެނީ ”ނޭންގެ“ އަކަށް ނުވަތަ ”ސުވާލު މާކަކަށް“ށެވެ. ގިނަ އަހަރުވެފައިވާ މައްސަލަތަކުގެ ވާޙަކަ ދައްކާނެ މީހެއްވެސް ނުވެއެވެ. ބައެއް މީހުން ގަބޫލުކުރާނީ މައްސަލަ އުޅެނީ ޝަރުއީ ނިޒާމް ނުވަތަ ޖުޑިޝަރީގައި ކަމަށެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ތަންފީޒީ އިދާރަތަކުގެ ދޯދިޔާކަމެވެ. އެހެންނަމަވަވެސް މިހުރިހާކަމެއްވެސް އިޝާރާތް ކުރަނީ ދައުލަތުގެ އެވަރުގެ ގާބިލްކަމެއް ނެތް ކަމަށެވެ.

މިިދިޔަ އަހަރުތަކުގައި، މަރުގެ އެތައް ހާދިސާއެއް ހިނގައިފައިވާއިރު އެކަން ކަމަށް އޮތީ އަޅާނުލެވިއެވެ. ކުރިއަށްއޮތް ތަނުގައިވެސް އެކަން ރަނަގޅު ކުރަން ކުރަނީ ވަކި ކޮން މަސައްކަތެއް ތޯއެވެ. ރާއްޖެގައި މީހެއްގެ ފުރާނައިގެ އަގަކީ ހަމަ އެހާވެސް ކުޑައެއްޗަކީ ބާއެވެ. ނުވަތަ ތިމާގެ މަސްލަހަތު ނުހިމެނޭތީ އެކަން ބޮޑު ކަމަކަށް ނުވަނީބާއެވެ. މައްސަލަތައް ލަސްވުމަކީވެސް ރާއްޖޭގައި އައު ކަމެއް ނޫނެވެ. އެއްވެސް ހާލެއްގައި ގާނޫނު އަކަމަށް ހުރަސް އަޅާނީއެއް ނޫނެވެ. އެހެންނަމަވެސް އެކަން ކުރަންޖެހެނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައި ވާތީ ލަސްވަނީއެވެ. މިފަދަ ހައްސާސް މައްސަލަތައް ހަމަ މިހެން ދޫކޮށްލައިގެން ތިބެނީއެވެ. ކޮންމެ އިންތިހާބަކަށް އެމީހުންގެ އާއިލާތަކަށް ވާ ވައުދުތަކާއި، އިންސާފު ހޯދައިދޭނެކަމަށް ބުނާ ބުނުމާއި، މިހުރިހާ ވާހަކަތަކެއްގައި އެއްވެސް ބުރަދަނެއް ނުހުރެއެވެ.

ގައުމުގެ ހާލަތު ރަނގަޅު ކުރާ ވާޙަކަ އަބަދުވެސް ވެރިން ދައްކައެވެ. އެހެންނަމަވެސް މިފަދަ ހައްސާސް މައްސަލަތަކަށް ހައްލެއް ނުގެނެސް ގައުމުގެ ހާލަތެއް ރަނގަޅެއް ނުވާނެއެވެ. ގައުމަކަށް ބޭނުންވަނީ ހަމައެކަނި ބޭނުންވަނީ އުމްރާނީ ތަރައްގީއެއް ނޫނެވެ. ތަރައްގީވެފައިވާ ގައުމަތަކަކީ ހުރިހާ ގޮތަކުންވެސް އެ ގައުމެއް ތަރައްގީވެ ދޭ ހިދުމަތަކީ ފެންވަރުރަނގަޅު އަދި އިޖުތިމާއީ ފޭރާން ހަލާކުނުވެވާ ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: