މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ވަގުތުން ލިބޭގޮތް ހަމަޖައްސައިފިއެެވެ.
އެމްޓީސީސީ މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހޯދުމަށްޓަކައި ރަސްމީ ވެބްސައިޓަށް“ޕްރޮޖެކްޓް ޑޭޝްބޯޑް“ ވަނީ ތައާރަފުކޮށްފައެވެ.
މަޝްރޫއުތަކުގެ މައުލޫމާތު އެމްޓީސީސީގެ ވެބްސައިޓުގައި ހުންނަ ޕްރޮޖެކްޓް ޑޭޝްބޯޑުން ފެނިގެން ދާނެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ފަސޭހަކަމާއި އެކު ވަކިވަކި އަތޮޅު ނުވަތަ ރަށްތަކުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ ތަފުސީލު ވެސް ލިބެން ހުނާނެކަމަށް އެމްޓީސީސީ މައުލޫމާތު ދިނެވެ.
އެމްޓީސީސީއަކީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަޝްރޫއުތަކާއި ހަވާލުވާ ކޮންޓްރެކްޓިންގ ކޮމްޕެނީއެވެ. އެމްޓީސީސީ މިހާރު ވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ.

