ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކަނޑުހުޅުދޫ ކައުންސިލާ ބައްދަލުކުރައްވައިފި؛ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ގއ. ކަނޑުހުޅޫދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދުކުރެއްވުމުގައި ބަނދަރުގެ ދަތިކަމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމިވާ މައްސަލައިގެ އިތުރުން ފުޓުބޯޅަދަނޑު މަރާމާތުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް ރަށުގެ ޞިއްޙީ މަރުކަޒުގެ ރޭމްޕްގެ މައްސަލައާއި ރަށުގެ ކަރަންޓުގެ މައްސަލަ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކަނޑުހުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: