ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕުގެ ނަޒަރު ޕެނަމާ ކެނަލް އަދި ގްރީންލެންޑަށް ހުއްޓިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އިގްތިސާދީ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ގްރީންލޭންޑް ބޭނުންވާކަމަށް އެ ގައުމުގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން މީގެ ކުރިންވެސް ގްރީންލޭންޑަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ޓްރަމްޕުވަނީ ވެރިކަމުގެ ހުވާކުރެއްވުމަށް މަދު ދުވަސްތަކަކަށް ވެފައިވަނިކޮށް އަނެއްކާވެސް އެ ސަރަހައްދު ހޯއްދެވުމަށް އެދިވަޑައިގަންނަވާކަން ހިއްސާކުރައްވާފައިކަމަށެވެ. އެގޮތުން ގްރީންލޭންޑާއި ޕެނަމާ ކެނަލްވެސް ބޭނުންވެވަޑައިގަންނަވާކަން އާންމުކޮށް އިއުލާނުކުރެއްވިއިރު އެއީ އެމެރިކާގެ އިގްތިސާދީ ރައްކައުތެރިކަމަށް ކޮންމެހެންވެސް ބޭނުންތެރި ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރެއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ތަންތަން ހޯދުމުގެ ގޮތުން ބާރުގެ ބޭނުން ހިފާފާނެތޯ ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ، އެ ގޮތުގެ މަތިންވެސް އެތަންތަން ހޯދުމަށް މަސައްކަތްތައް ނުކުރައްވާނެކަމަށް ވިދާޅުނުވާނެކަމަށެވެ. ނަމަވެސް އެ ސަރަހައްދުތައް ހޯދުމަކީ އެމެރިކާގެ ހަމަޖެހުމަށް ކޮންމެހެންވެސް މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

ނަމަވެސް ޑެންމާކާއި ޕެނަމާއިންވެސް ވަނި ޓްރަމްޕު ދައްކަވަމުންދާ ވާހަކަތަކަށް އިޖާބަ ދިނުމަށް ގަސްތު ނުކުރާކަން ހިއްސާކޮށްފައެވެ. ހަތިޔާރުގެ ބޭނުންކުރާނެކަމަށް ސީދާ ވިދާޅުނުވިނަމަވެސް ޓްރަމްޕުވަނީ ކެނެޑާ އެ ގައުމުގެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ބޯޑަރަކީ ކުރެހިފައިވާ ރޮނގެއްކަމަށް ފާހަގަކުރެއްވިއެވެ.

އެކި ފަރާތްތަކުން ހިއްސާކުރާ މައުލޫމާތުތަކުގައިވާގޮތުން ދެ ގައުމުގެ ދެމެދު ކަނޑައެޅިފައިވާ ބޯޑަރަކީ އެމެރިކާ ގައުމެއްގެ ގޮތުގައި ކަނޑައެޅި ވުޖޫދުވެގެން އައި ޒަމާނުއްސުރެވެސް ގާއިމުކުރެވިފައިވާ ބޯޑަރެއްކަމަށެވެ. ނަމަވެސް ޓްރަމްޕުވަނީ އެ ގައުމުގެ ހިމާޔަތުގައި އެމެރިކާއިން ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުން އެމެރިކާއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކުރަމުންދާކަމަށް އަލިއަޅުއްވައި އެއީ އެމެރިކާއިން ބައެއްގެ ގޮތުގައި ކަނޑައެޅިގެންދާންޖެހޭ ތަނެއްކަމަށް ވިދާޅުވިއެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އިއުލާނުކުރައްވާފައިވާ ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑައުވަނީ އެކަމަށް އިންކާރުކުރައްވައި، ޓްރަމްޕުގެ ހިޔާލުތައް ހަގީގަތަކަށް ވެގެންދިއުމުގެ އެއްވެސް ފުރުސަތެއް ނެތގްކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: