ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމެންދޫގެ ފަޅު ގޯތިތަކުގައި ހައުސިންގް ޔުނިޓުތައް އެޅުމަށް ކައުންސިލުން އެދިއްޖެ!

މާމެންދޫ ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ދައުރުތަކުގައި ރައްޔިތުންނަށް ދޫކޮށް އަދިވެސް ފަޅުކޮށް ތިބި ގޯތިތަކުގައި ހައުސިންގް ޔުނިޓަކެއް ބިނާކޮށްދެއްވުމަށް ގއ މާމްނެދޫ ކައުންސިލުގެ ރައީސް އަހުމަދު އަޒީޒް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުުގައި އެދިވަޑައިގެންފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ގއ އަށް ކުރައްވާ ދަތުރުފުޅުގައި މާމެންދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލުގެ ރައީސް އަޒީޒްވަނީ ރަށަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ބޭނުންޖެހިފައިވާ ހައްލުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ރަށް ގިރުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށާއި، ބޮޑު ބައެއް ގިރައިގެން ގޮސްފައިވާކަމަށެވެ.

އަޒީޒް ވިދާޅުވީ، ރަށުގެ އިތުރުގައި ތިބި ގެދޮރުވެރިން ހަގީގަތުގައި އެ ސަރަހައްދު ދޫކޮށްލާފައިކަމަށާއި އެހެންކަމުން ކުރިމަތިވެފައިވާ މައްސަލަައަށް ވަގުތީ ހައްލެއް ގެނެސްދެއްވުމަށް ރައީސް ޑރ މުއިއްޒު އާއި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުގެ އަރިހުގައި އެދިވަޑައިގެންފައިވާނެކަމަށެވެ. އެގޮތުން ކައުންސިލުގެ ބެލުމުގެ ދަށުގައި ބޮޑު ހިލަ ހުރިކަމަށާއި އެތަކެތީގެ ބޭނުންކޮށްގެން ވަގުތީ ހައްލެއް ހޯއްދަވައިދެއްވުމަށްފަހު ދާއިމީ ގޮތެއްގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ހައްލުތަކެއް ގެނައުމުގައި މަސައްކަތްތައް ކުރިއަށް ގެންދާނެކަމާއިމެދު ޝައްކެއްވެސް ނެތްކަށެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، ގެދޮރުގެ ދަތިކަމަކީވެސް މާމެންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދަތިކަމެއްކަމަށެވެ. އެގޮތުން އެކި އެކި ދައުރުތަކުގައި ރައްޔިތުންނަށް ގޯތިތައް ދޫކުރެވިފައިވާއިިރު އެތަންތަން ހުރީ ފަޅު ގޯތިތަކެއްގެ ގޮތުގައިކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގޯތިތަކެއް ދިންނަމަވެސް ރައްޔިތުންގެ ފުދުންތެރިކަން ނެތުމުން އެތަންތަނުގައި ގެދޮރު ބިނާކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އަޒީޒް ވިދާޅުވީ، ރައްޔިތުންނަށް ލިބޭ އާމްދަނީގެ މިންވަރުން ގެދޮރު ބިނާކުރެވޭނެ ގޮތެއް ނެތްކަމަށާއި އެހެންކަމުން ރައީސްގެ އަރިހުގައި ހައުސިންގް ޔުނިޓުތަކެއް ބިނާކުރުން ބޭނުންވާކަން ހިއްސާކުރުމަށް ރައްޔިތުން އެދިފައިވާކަން ހާމަކުރެއްވިއެވެ.

އެހެންކަމުން އާންމުންނަށް ދޫކުރުމަށްފަހު އަދިވެސް ފަޅުކޮށް ހުރި ގޯތިތަކުގައި ލުއި ގޮތަކަށް ފައިސާ ދީ ހަމަކުރެވޭނެ ގޮތަކަށް ހައުސިންގް ޔުނިޓުތައް ބިނާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އޭރުން މާލޭގައި ތިއްބެވި މި ގޯތިތަކުގެ ވެރިންނަށް ރަށުގައި ދިރިއުޅެވޭނެ ރަނގަޅު ގޮތްތަކެއް ހަމަޖެހުމުން އެނބުރި ރަށަށް އަންނާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: