ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ!

ގެއްލިގެން ހޯދާމީހާގެ ފޮޓޯ/ ފޮޓޯ: ދިވެހި ފުލުންގެ ހިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަަމުން ދަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ އުމޭޝް މާންޖީ، (46 އ.) އެެވެ.

ފުލުހުން ބުނިގޮތުގައި އުމޭޝް މާޏްޖީ ހޯދަން ފެށީ 2024 ޑިސެމްބަރު 14 ވަނަ ދުވަހުގެ ހެންދުނު 7:00 ހާއިރު، އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1ގެ ޓެމް ޕްލޭން 61 އިން ނިކުގެން ދިޔަ ގޮތަށް އެއްވެސް މީހަކަށް ހަބަރެއްވެފައި ނުވާތީ ލިބުނު ރިޕޯޓަކަށެވެ.

ފުލުހުން ބުނެފައި ވަނީ އެ މުވައްސަސާއަށް ބިދޭސީ މީހާގެ ރިޕޯޓު ލިބުމާއިއެކު ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް އޭނާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އޭނާއާ ބޭހޭ އެއްވެސް މައުލޫމާތެެއް ލިބިފައިނުވާކަމަށް ބުންޏެވެ.

އުމޭޝް މާންޖީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއިރު، މުސާރައާއި ގުޅުން ހުރި މައްސަލަތަކާއި ގުޅިގެން ނުވަތަ އަމިއްލަ އެހެން މަސައްކަތްތައް ކުރުމަށް ބިދޭސީން ފިލާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: