މި ހިނގަމުންދާ ސަރުކާރުގައި ރައްޔިިތުން ސަލާން ޖެހުން ނޫން ކަމެއް ނެތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިިދާޅުުވެއްޖެއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީން ބާއްވާ ބޮޑު ހިނގާލުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށްވެސް ދައުވަތު ދެއްވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ސަލާން ޖަހަން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި ގެނެސްފައިވާ ނިޒާމުތަކުގެ ފައިދާ މިއަދު ރައްޔިތުންނަށް ނުކުރާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރުން ހުރިހާ ކަމެއްގައިވެސް ހަދަނީ ދޮގު، ވާހަކައެއް ދެއްކި ކަމުގައިވިޔަސް ހަދަމުންދަނީ މުޅިންވެސް ދޮގު، އިންޑިއާ އައުޓް ވާހަކަ، ޗާގޯސްގެ ވާހަކަ، ފްލެޓުގެ ވާހަކަ، މިއީ ހުސް ސަރުކާރުން ހަދާފައިވާ ދޮގުތައް
އޭގެ އިތުރުން، ތަކެތީގެ އަގު ބޮޑުވަމުންދާއިރު، އަސާސީ ކަންކަމަށް ސަލާންޖަހަން މަޖުބޫރު ކޮށްފައިިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ސަރުކާރުގައި ރައްޔިިތުންގެ މަޖިލީހުގެ މެމްބަރުންވެސް ތަޅު އަޅުވާފައިވާކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ކަންކަން ނިންމާއިރު މަޝްވަރާ ކުރުމެއްވެސް މިއަދު ނެތް ކަމަށެވެ.

