ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަނުން އަނެއްކާވެސް 4 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކާ ގުޅިގެން އަނެއްކާވެސް 4 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަން އަމާޒުކުރެވިފައިވަނީ އާންމު ސިއްޙަތަށް ގެއްލުންވާ ގޮތަށް މާލޭގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކަކަށެވެ. އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި މި އެކޮމަޑޭޝަން ބްލޮކްގައި ތޮއްޖެހޭ ވަރުގެ އަދަދަކަށް ބިދޭސީން އުޅެއެވެ.

އޮޕަރޭޝަންގެ ތެރޭގައި ސައްޙަނޫން ވީސާ ގެންގުޅުނު 4 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ޓާސްކްފޯސްއިންނެވެ.

ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރާއި އިމިގްރޭޝަނުން ދަނީ ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ. މި މަސައްކަތަށް އަވަސް ދުވެއްޔެއް ގެނައުމަށްޓަކައި ޚާއްޞަ ޓާސްކްފޯހެއް ވަނީ އުފައްދާފައެވެ.

އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމާއި ދިރިއުޅުން ކަށަވަރުކުރުމެވެ. އަދި މިކަމުގެ ސަބަބުން އާންމު ސިއްޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: