ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލު ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެކެވެ.

ނިމި ދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ދިވެހި ރައްޔިތުން ޒަކާތާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުން ޒަކާތުގެ ކަންކަމަށް ފަރުވާތެރިވާ މިންވަރު އިތުރުވެފައިވާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އިން އެކުލަވައިލާފައިވާ ހިސާބުތަކުން ދައްކައެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101,939,070.15 ވަނީ ލިބިފައެވެ.

މިކަން ފާހަގަކޮށް ވުޒާރާއިން ނެރުނު ހާއްސަ ބަޔާނުގައި ވަނީ ދިވެހި ރައްޔިތުންގެ ތެރޭގައި ތިއްބެވި ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތުގެ ކަންކަމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަބަދުވެސް ޚަރަދު ކުރެވެމުންދަނީ ޝަރުޢީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އޭގެ ޙައްޤުވެރިންގެ މައްޗަށްކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: