ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނުކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮޮށްފައިިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަރާތަކީ ހުޅުމާލޭ ފޭސް 2 ރީތިގަސްމަގު ބްރިޖް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނުކަމަށް ތުހުމަތުވާ މީހެއް ކަމަށެވެ. އެގޮތުން ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުވުމުން އެ މުވައްޒަފުންނަށް ޙަމަލާދީ މާރާމާރީ ހިންގާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ ބިލެތްފަހި ޗަނބޭލީގޭ އިބްރާހިމް ޒާލިފްއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުގެރޭ 21:43 ހާއިިރުކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

