ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސިމެދަ“ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދުލުކުރުމަށް، މިހާރު ބޭނުންކުރަމުން އަންނަ ”ސިމެދަ“ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެކަމަށް އިލެކްޝަން ކޮމިޝަން ބުނެފިއެވެ.

އީސީން ބުނެފައިވަނީ މިގޮތަށް ނިންމީ ނަމަވެސް ”މައި ޕޯޓަލް“ މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފައެވެ. އީސީން މަސައްކަތް ކުރަމުންދަނީ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިއަށް ޕާޓީއަށް ވަދެވޭނެ ނިޒާމު ޑިޖިޓަލައިޒް ކުރުމަށެވެ. މެންބަރުންނަށް ނޭންގި ޕާޓީތަކަށް ވައްދާ މައްސަލަ ފެންމަތިވެފައިވާއިރު ސަރުކާރުގެ މައި ޕާޓީއާއި އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މަހުގެ ހަމަލާތަކެއްވަނީ ކުރިއަށް ގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއަށް އެންގިވަޑައިގަތުމެއްނެތި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓްރީކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމެއް ހުށައަޅައިފައިވާކަމަށް ބުނެ މައްސަލަ ވަނީ ބޮޑުވެފައެވެ. އީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީއެންސީ އަށް ރަޖިސްޓަރީކުރުމަށްޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅައިފައިވާތީ އެކަން އީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަުން އެ ފޯމު މިހާރު ވަނީ ބާތިލްކޮށްފައި ކަމަށް އީސީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޒިޔާދުގެ މެންބަރޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނެފައިވަނީ ޒިޔާދަށް ނޭނގި، ޕީ.އެން.ސީ އަށް ރަޖިސްޓަރީކުރުމަށްޓަކައި ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީ އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް އެކޮމިޝަނުން ދަނީ ކުރަމުން ކަމަށް ވަނީ ބުނެފައެވެ. އަދި މި ފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީން މީގެކުރިންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. ޕީއެންސީއަށް ވަގަށް މެމްބަރުން ވައްދާކަމަށް ބުނެ، އެމްޑީޕީ ވަނީ އިލެކްޝަންސް ކޮމިޝަނާއި ވެސް ބައްދަލުކޮށްފައެވެ. އަދި އެ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ވާހަކަ ވެސް ދެއްކި އެވެ. އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީގެ ގިނަ އަދަދެއްގެ ގައުމީ މަޖިލިސް މެމްބަރުން ޕީއެންސީގެ ދަފްތަރުގައި އޮވެގެން އެކަން ހުށަހަޅާފައި ވެއެވެ. އަދި ބައެއް ފޯމުތަކުގައި ހިމަނާފައި ހުރި މައުލޫމާތުތަކާއި އެކު، ޖަހާފައި ވަނީ އެހެން މީހެއްގެ ފޮޓޯއެއްކަމަށް ވެސް ބުންޏެވެ.

އެެހެންނަމަވެސް މައްސަލައިގައި ކުރާ ތުހުމަތުތައް ދޮގުކޮށް، ޕީއެންސީގެ މެމްބާޝިޕް އިތުރު ކުރުމުގައި އިސްކޮށް އުޅުއްވި މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފޯމު ފުރުމުގެ ހަރަކާތްތަކުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށެވެ. އަދި ޕީއެންސީއަށް، އެމްޑީޕީގެ މެމްބަރުން ދަފްތަރު ކުރަމުންދާކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ، އަމިއްލައަށް އުފައްދައިގެން އުޅޭ ވާހަކައެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: