ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ފްލެޓު ލިސްޓް ނެރޭނީ އެތައް ގޮތަކުން ވެރިފައި ކޮށްފައިކަމުގެ ޔަގީންކަން ރައީސް ދެއްވި: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ފްލެޓު ލިސްޓް ނެރޭނީ އެތައް ގޮތަކުން ވެރިފައި ކޮށްފައިކަމުގެ ޔަގީންކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވިކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ރައްޔިތުންނަށް ދޫކުރި 4،000 ފްލެޓުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ ތެރޭގައި ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅައިގެން ޝަރުތު ހަމަކޮށްފައިވާ މީހުން ހިމެނޭކަމަށްވެސް މި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ މިހާރު މައްސލަަ ދަނީ ވަރަށް މިނިވަންކަމާއިއެކު ތަހުގީގު ކުރެވެމުންކަމަށެވެ. ކަމާއި ގުޅުން ހުރި މުއައްސަސާތަކުން މައްސަލަ ތަހުގީގު ކުރުމަށްފަހު ނެރޭ ރިޕޯޓަށް ބިނާކޮށް ފިޔަވަޅު އަޅަމުންދާނެކަމަށް ރިފާއު ވިދާޅުވިއެވެ.

އޭނާ ވަނީ މަޖިލީހުން އަލަށް އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ބެހޭ ކޮމިޓީ ފާހަގަކުރައްވާފައެވެ. މި ކޮމިޓީގެ ފަރާތުން މިކަންކަން ބައްލަވަމުން ގެންދަވާނެކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވަނީ ޝަރުތުތައް ފުރިހަމަކުރުމަށް ހަދާފައިވާ ބައެއް އުސޫލުތަކަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކައުންސިލުން ދޭ ލިޔުމަކުން އޭނާއަކީ އެ ރަށުގައި ވަކި ދުވަހަކަށް ނޫޅޭ މީހެއްކަމަށް ކަނޑައެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެކި ގޮތް ގޮތުން އަޑު އިވިފައި އެބަހުރި 15 އަހަރު އުޅެފައި ހުރިކަމަށް ދީފައިވާ ބައެއް ވަޒީފާގެ ލިޔެކިޔުންތައް ދީފައި ހުރި ކުންފުނިތަކަށް 15 އަހަރު ނުވާކަން.

ރިފާއު ވިދާޅުވިއެވެ.

ނުހައްގުން ގޯތި ދީފައިވާކަމަށް ފާހަގަކޮށް ވާހަކަދައްކަވަމުން ވަޒީފާގައި މިވެނި އަހަރަކު އުޅުންކަން ސާބިތުކޮށްދީ، ޝަރުތު ހަމަކުރުމަށް ހުށައަޅާފައިވާ ލިޔެކިޔުންތައް ދިން ކުންފުނިތަކަށްވެސް 15 އަހަރު ނުވެ އެބަހުރިކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް އެކަނި ބެލިކަމަށް ވީ ނަމަވެސް 60 އިންސައްތައެއްހާ މީހުންނަށް ގޯތި ދީފައިވަނީ ނުހައްގުންކަމަށެވެ. މިހާރު ކުރަމުން އެދާ މަސައްކަތަކީ އެއީ ހަމަ ހަގީގަތުގައި ހަދާފައި ހުރި ގޯސްތަކެއްތޯ ބެލުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް، ރައީސުލްޖުމްހުރިއްޔާ އަދި ކެބިނެޓުގެ ވަޒީރުން ދެއްވި ޔަގީންކަމަކީ މި ސަރުކާރުން ނެރޭ ލިސްޓުތައް އެތައް ގޮތަކުން ވެރިފައި ކުރައްވާނެކަމުގެ ޔަގީންކަންކަމަށެވެ. އަދި ގޯތި ނުލިބޭ މީހުންނަށް، ގޯތި ނުލިބުނު ސަބަބު އެ ލިސްޓުގައި ބަޔާންކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: