ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކަށް ބާލާއިރު މި އަހަރު މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް ވައްކަމުގެ 73 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 53 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކާފައި ވެއެވެ.

އިތުރަށް ރިޕޯޓު ކޮށްފައިވާ މައްސަލަތަކަކީ:

  • ތަކެއްޗަށް ގެއްލުންދިނުން: 26 މައްސަލަ
  • ފޭރުން: ނުވަ މައްސަލަ
  • މާރާމާރީ: ހަތް މައްސަލަ
  • ގެވެށި އަނިޔާ: ތިން މައްސަލަ
  • ޖިންސީ ކުށް: ތިން މައްސަލަ
  • މަސްތުވާތަކެތި: 27 މައްސަލަ
  • ހިޔާނާތްތެރިވުން: 12 މައްސަލަ
  • ތަކެއްޗަށް ގެއްލުންދިނުން: 18 މައްސަލަ

މާލެއާއި ހުޅުމާލެ ހިމެނޭހެން ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެ ފުރާނަ ގެއްލޭފަދަ ހާދިސާތައް ހިނގާފައި ވާތީ، ޓްރެފިކް ބެލުމަށް މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުން ވެސް އިތުރުކޮށްފައެވެ. ހަމައެއާއެކު ބްރިޖުމަތީ ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުން ވަނީ ސައިކަލު ބޭނުންކޮށްގެން ބްރިޖް ޕެޓްރޯލްކުރަން ވެސް ފަށައިފައެވެ.

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ޖުމްލަ 5242 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ވެސް އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ.

އެގޮތުން މިދިޔަ އަހަރު މާލެ ސިޓީ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ގޮތުގައި ހުށަހެޅި ހުށްތަކުގެ އަދަދަކީ:

  • ވައްކަމުގެ 2،290 މައްސަލަ
  • އެކްސިޑެންޓުގެ 2،025 މައްސަލަ
  • ފޭރުމުގެ 414 މައްސަލަ
  • މަސްތުވާތަކެތީގެ 236 މައްސަލަ
  • މާރާމާރީގެ 358 މައްސަލަ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: