ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން 100 ދޯނީގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ނިންމައިފި

100 ދޯނީގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ 100 މަސްވެރި ދޯނީގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން  ހާމަކޮށްފިއެވެ.

މި ނިޒާމުގެ މައިގަނޑު ބޭނުމަކީ މަސްބާނާ ވަގުތުން ފެށިގެން މަސް ކިރާ ސަރަޙައްދަށް ދެވެންދެން މަހުގެ ތާޒާކަން ދެމެހެއްޓުމެވެ. މީގެ ސަބަބުން މަސްވެރިންނަށް އެއްގަމުން އައިސް ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކް ގުޅިގެން، އެސްޑީއެފްސީ މެދުވެރިކޮށް ޚާއްޞަ ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފައިވެއެވެ. މި ފެސިލިޓީގެ ދަށުން އާރުއެސްޑަބްލިއުގެ އިތުރުން ޖެނެރޭޓަރާއި ސޯލާ ޕެނަލްތައްވެސް ހޯދުމަށް ފައިނޭންސް ލިބޭނެއެވެ.

ވުޒާރާގެ އިސްވެރިއެއް ކަމަށްވާ މުސްލިމާ ވިދާޅުވި ގޮތުގައި މި ފެސިލިޓީއަކީ މަސްވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ގޮތުން:

– ފެސިލިޓީ ޔަޤީންވުމުން ސަރުކާރުން އޭގެ 35% ދައްކައިދޭނެއެވެ.
– އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ.
– ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
– 2 މިލިއަން ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ނެގޭނެއެވެ.

ފެސިލިޓީއަށް އެދި ހުށަހެޅޭނީ މަސްވެރިކަމުގެ ލައިސަންސް އޮތް، 50 ފޫޓަށްވުރެ ދިގު، އަދި 10 ޓަނުގެ މަސް ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީ ހުރި އުޅަނދުފަހަރަށެވެ. އަލަށް ބަންނަ އުޅަނދުތަކަށްވެސް ހަލް ރަޖިސްޓަރ ކުރުމަށްފަހު މި ފެސިލިޓީއަށް އެދެވޭނެއެވެ.

މި ފެސިލިޓީއަށް އެދި ހުށަހަޅަންޖެހޭނީ އީފާސް މެދުވެރިކޮށެވެ. ހުށަހަޅާ ފަރާތްތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވެލުއޭޝަނެއް ހެދޭނެ ކަމަށް މުސްލިމާ ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވުޒާރާގެ ޓީމުތަކުން މިހާރު ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: