ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ބަދަލުކުުރުން ހުއްޓުވާލުމަށް ގުޓޭރެޒްގެ ތައުރީފް!

އެންޓޯނިއޯ ގުޓޭރެޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވުން ގާއިމުކުރުމަށްޓަކައި މަސައްކަތްކުރި ފަރާތްތަކަށް އދގެ ސެކްޓީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ތައުރީފް ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ގުޓޭރެޒްވަނީ އދގެ ހެޑްކުއާޓާރޒްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި މިސްރާއި ގަތަރު އަދި އެމެރިކާއިން ޣައްޒާގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށްޓަކައި އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް ތަރުހީބުދެއްވާފައެވެ. އަދި ޑިޕްލޮމެޓިކް އުސޫލުން ކުރިއެރުންތަކެއް ހޯދުމަށްޓަކައި އަހައްމިއްޔަތު ދީގެން ކުރިއަށް ގެންދިޔަ މަސައްކަތްތައް މި ކާމިޔާބު ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މިކަމުގައި މަސްލަހަތު ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އެއްބަސްވުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމުގެ މަތީ ދެމިތިބުމަށް އިރުޝާދު ދެއްވާފައެވެ.

ގުޓޭރެޒް ވިދާޅުވީ، އުދުވާންތައް ފެށިގެންދިއުމާއިއެކު އޭނާ އަދި އދއިންވަނީ ވަގުތުން ވަގުތަށް ހަމަލާ ބަދަލުކުރުންތައް ހުއްޓާލައި ޝަރުތަކެއް ކުރުމެއް ނެތި ރަހީނު ކޮށްފައިވާ މީހުންވެސް ދޫކޮށްލުމަށް ގޮވާލާފައިކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް އަހައްމިއްޔަތު ދޭންވީ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގައި އެހިތެރިކަން ދިނުމަށްކަމަށް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އދއިން ތިބީ އެއްބަސްވުން ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރުކުރުމަށްވެސް އެ ޖަމާއަތުން ތައްޔާރުކަން ފާހަގަކުރެއްވިއެވެ.

ގުޓޭރެޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ހުރަސް އެޅިގެންދާ ސިޔާސީ އަދި ރައްކައުތެރިކަމުގެ ފިޔަވަޅުތައް ނައްތާލެވިގެންދިއުންވެސް މުހިންމުކަމަށެވެ. އަދި އަވަސް ގޮތަކަށް ވަރަށް ބޮޑަށް އިންސާނީ އެހީތެރިކަން ފޯރުވުމުގެ މަސައްކަތްތައް ވަރުގަދަކުރަންޖެހޭކަމަަށެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް އެހީތެރިކަމަށް ބޭނުންޖެހިފައިކަމަށެވެ.

އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާނެ ދަތިތައް ސާފުކޮށް އެނގިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އިންސާނީގޮތުން ކުޅަދާނަ ވެގެންވާ ހުރިހާ މަސައްކަތްތަކެއް އދއިން ކުރިއަށް ގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: