ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައްވެސް ހަކަތަރި ޕްރޮގްރާމަށް ގެންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކަކީ، ހަކަތަރި ޕްރޮގްރާމްގެ ދަށުން ހޯދާ ވަޞީލަތްތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިލެކްޓްރޯނިކް އިތުރު ބާވަތްތައް ހަކަތަރި ޕްރޮގްރާމުގެ ދަށުން ރާއްޖެ އެތެރެކުރުމާއި ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ޔޫއެސްއެއިޑް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް ވަނީ މިނިސްޓަރ އިފްތިތާހްކޮށްދެއްވާފައެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ވަޞީލަތްތައް ބޭނުންކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް އިތުރުކުރުމަށް ރާއްޖެއިން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މިޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއްކަމަށެވެ.

ރާއްޖޭގެ ހަކަތަރި ޕްރޮގްރާމަކީ ބާޒާރުގައި ލިބެންހުރި ކަރަންޓުން އޮޕަރޭޓުކުރާ ސާމާނު ގަންނައިރު އޭގެން އެފިޝަންޓް މިންވަރު ފަސޭހައިން ދެނެގަނެވޭ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ހަކަތަރި ލޭބަލް ދޫކޮށްފައިވާ އައިސް އަލަމާރިއާއި އެއަރ-ކޮން އަދި ދޮންނަ މެޝިނުން ހަކަތަ ސަމަކާރަކުރާ މިންވަރު އެނގޭނެހެން މިހާރު ބާޒާރުގައި ލިބެން ހުރެއެވެ.

އެގޮތުން އައިސް އަލަމާރިއާއި، އެއަރ-ކޮން އަދި ދޮންނަ މެޝިނުގެ ޖުމްލަ 71 މޮޑެލްއަކަށް މިހާތަނަށް ހަކަތަރި ލޭބަލް ވަނީ ދޫކޮށްފައިކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިމަޝްރޫއު އިތުރަށް ފުޅާކުރުމަށް ހޯމަދުވަހުވަނީ މި ޕްރޮގްރާމަށް ފެން ޕަންޕާ، ވޯޓަރ ހީޓަރާއި ފަންކާ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ފަށާފައިކަމަށާއި މިޕްރޮގްރާމަށް އިތުރު ސާމާނު އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: