ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީގެ ފަރާތުން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ސައުދީން ކަދުރު ޝިޕްމަންޓް ގެނައުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެހެން އަހަރުތަކެކޭ އެއްފަދައިން ސައުދީ ސަރުކާރުން ރާއްޖެއަށް ކޮށްފައިވާ ހަދިޔާއެކެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ. ކަދުރު ބެހުމަށް ކަނޑައަޅާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ލިބެން ހުންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިންނެވެ.

ކަދުރު ބެހުމުގައި ޢަމަލުކުރާނެ އުސޫލަކީ ފުރަތަމަ އަންނަ މީހާއަށް ފުރަތަމަ ޚިދުމަތް ދިނުމެވެ. ކޮންމެ ގޭބީސީއަކަށް ލިބޭނީ އެންމެ ޕެކެޓެކެވެ. އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކަދުރު ބެހުމުގައި ގޭގެ ކަރަންޓު މީޓަރު ނަންބަރާއި ކަދުރު ލިބިގަންނަ ފަރާތުގެ އައިޑީ ކާޑު ބަލާ ޗެކުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: