ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަކުރި މީހާގެ ބަންދަށް އިތުރު 20 ދުވަސް

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނުކަމަށް ތުހުމަތުވާ މީހާގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަރާތަކީ ހުޅުމާލޭ ފޭސް 2 ރީތިގަސްމަގު ބްރިޖް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނުކަމަށް ތުހުމަތުވާ މީހެއް ކަމަށެވެ. އެގޮތުން ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުވުމުން އެ މުވައްޒަފުންނަށް ޙަމަލާދީ މާރާމާރީ ހިންގާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ ބިލެތްފަހި ޗަނބޭލީގޭ އިބްރާހިމް ޒާލިފްއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 14 ޖެނުއަރީ ވަނަ ދުވަހުގެ ރޭ 21:43 ހާއިިރުކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: