2025 ނިމެންވާއިރަށް ރަށްރަށުގެ ފުލުހުންގެ މަރުކަޒުތައް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރ ވާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ އާބާދީއާއި އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، އެކަށީގެންވާ ފުލުހުންގެ މަރުކަޒުތައް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއަކީ 2025 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް އެކަށީގެންވާ މިންވަރަށް ފުލުހުންގެ ޚިދުމަތް ދެވޭނެ އަމިއްލަ އިމާރާތެއް ޤާއިމުކުރުމުގެ ޚާއްސަ މަޝްރޫއެއްކަމަށެވެ.
އެއީ 2025 ނިމެންވާއިރަށް ކޮންމެ ރަށެއްގައިވެސް އެރަށަކަށް އެކަށީގެންވާ މިންވަރަށް ފުލުހުންގެ ޚިދުމަތް ދެވޭނެ އަމިއްލަ އިމާރާތެއް އެކަމަށް އެންމެ އެކަށީގެންވާ ފެންވަރަށް ޤާއިމުކުރުމުގެ ޚާއްސަ މަޝްރޫއެއް
ކުށުގެ މާޙައުލުގައި އުޅޭ ޒުވާނުން އެ މާޙައުލުން ސަލާމަތްކޮށް، ރައްކާތެރި މާޙައުލަކަށް ގެނެސް، އެ ކުދިންނަކީ ދިވެހިރާއްޖެއަށް ފައިދާހުރި ޒުވާނުންތަކަކަށް ހެދުމަކީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

