ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގެއް ހޯދައިފިން، ވަރަށް އަވަހަށް ފެށިގެންދާނެ: ރައީސް

ރަސްމާދޫ ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްތަކުގައި ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓަރ އަދި ފިނޭންސް މިނިސްޓަރާއިއެކު މަޝްވަރާތައް ކުރައްވައިގެން ހައްލުތަކެއް ހޯއްދަވާފައިވާކަމަށާއި މަސައްކަތްތައް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ ރަސްމާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރަށުގެ ތަރައްގީއަށް ކުރަންޖެހިފައިވާ ގިނަ މަސައްކަތްތަކެއް ހުރިކަމަށެވެ. އަދި މި ދަތުރުގައި ދަންނަވަން އޮތް މައިގަނޑު ވާހަކައަކީ އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ވާހަކަކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްތައް ވަރަށް އިސްކަން ދެއްވައިގެން އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ނުގެންދެވި ހުރީ އެކަންކަމުގައި ކުރިއަށް ދެވޭނެ މަގުތައް ބަޖެޓު އެކުލަވާލާފައި އޮތް ގޮތުންނާއި އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތަކުގެ ތެރެއިން ފަހިވެގެން ނުދާތީކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ދިމާވެގެންދިޔައީ އެ ސަބަބުތަކާއި ގުޅިގެންކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެއްވެސް ވަރަކަށް ފައިސާ ޗާޕުކޮށްފައިނުވާނެކަމަށާއި ދައްކަން ޖެހިފައިވާ އެއްވެސް ބޭރުގެ ދަރަންޏެއް ނުދެއްކި ނުދާއިރު އިގްތިސާދީ ހާލަތުވެސް ރަނގަޅުކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދުތައް އަމަލީގޮތުން ފަށައި ނިންމުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެ ގޮތަށް މަގުކޮށިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، މި އަހަރާއި ކުރިއަށް އޮތް އަހަރަކީ ރަސްމާދޫގެ އިތުރުން ތަރައްގީއަށް ބޭނުންޖެހިފައިވާ ހުރިހާ ރަށެއްގައިވެސް ވައުދުވެވަޑައިގެންނެވި ކަންކަމަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި އިންތިޒާމުތަކެއް ރޭވިފައިވާ ދެ އަހަރުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރަސްމާދޫގައިވެސް މީގެ ކުރިން ފަށައި ހުއްޓުމަކަށް އައިސްފައިވާ ވަރަށް މުހިންމު މަސައްކަތްތައް ހުރިކަމަށާއި އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ތަރުތީބުކުރައްވާފައިވާނެކަން ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށާއި ފެނުގެ ނިޒާމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ހުއްޓިފައި ކުރިއަށް ނުގޮސްހުރިއިރު ރަސްމާދޫގައި އެ މަސައްކަތްތައް ހަވާލުކުރެވިފައިވާ ކުންފުންޏާއި އެހެން ބައެއް ރަށްތަކުގައިވެސް މަސައްކަތްތައް ހަވާލުކުރެވި ކުރިއަށް ނުގޮސް ހުރިކަން ހާމަކުރެއްވިއެވެ. އެހެންކަމުން މިހާރު ފިނޭންސް މިނިސްޓަރުގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރާއިއެކު މަޝްވަރާކުރައްވައިގެން މިކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހަމަޖައްސަވާފައިވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފެށުމަށްފަހު ހުއްޓުމަކަށް އައިސް ކުރިއަށް ނުގެންގޮސް ހުރި މަޝްރޫޢުތަކުގެ މައްސަލަތައް ހައްލުކުރައްވައި ވަރަށް އަވަހަށް އެކަންކަން ފެށިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ރަށަށް ބޭނުންޖެހިފައިވާ އެހެނިހެން މަޝްރޫޢުތައްވެސް އެ އުސޫލުން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: