ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްއަކަށް ގެންގޮސް ރަހީނުކުރި މައްސަލަ: ބަންދުކޮށްގެންވިޔަސް ކޯޓަށް ހާޒިރުކުރާނެ

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް ރަހީނުކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ،

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. ހުޅުދޫ/އިރަމާގެ ޙުސައިން ޒައިދާން ޢަލީ އާއި، ސ. ހިތަދޫ/އެބީވިލާ ޢަލީ އަކުރަމް އާއި، ހ. ކުދިމަގޫމާގެ އަނޫފް ޢަލީ މުޞްޠަފާ އާއި، ސ. ފޭދޫ/އުދަރެސް ޢަލީ މުޖާޒު އިދުރީސް އަދި ގދ. ގައްދޫ/ފެތިރޯނުގެ ޢަބްދުﷲ މުޠުޢިމް މުޙައްމަދުގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2022 އޯގަސްޓް 23 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ދެމާގަސްދޮށުގޭގައި ހިންގަމުންދާ ޝާރކް ފިންސް ގެސްޓް ހައުސް އަށް ގ. ވޭވްސް މުޙައްމަދު ފަރީދު ޙަސަން ގެންގޮސް ރަޙީނުކުރުމަށްފަހު އޭނާއާއިމެދު މާރާމާރީ ހިންގާ ފައިސާ ފޭރިގަނެފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވެ.

އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.

އެހެންނަމަވެސް، ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ހާޒިރުވީ އަބްދުﷲ މުތުއިމް އެކަންޏެވެ. ދެން ތިބި ބައެއް މީހުން ބަލިވެ އުޅޭކަމަށް ކޯޓަށް އަންގާފައިވާއިރު، ބައެއް މީހުން ކޯޓަށް އެއްވެސް ޖަވާބެއްވެސް ދީފައެއް ނުވެއެވެ.

މި މައްސަލައިގައި 20 ފެބްރުއަރީގައި ބޭއްވި އަޑުއެހުމަކީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އޭގެ ފަހުން އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ލިއެކިއުންތައް ލިބިފައިވޭތޯ ބެލުމާއި، ޙައްޤުތައް ކަށަވަރު ކުރުމުގެ ބައެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ދެއްވާފައެވެ.

ދެން މި މައްސަލައިގައި ބާއްވާ އަޑުއެހުމުގައި އޮންނާނީ ދައުވާ ސާފު ކުރުމާއި، ދައުވާ އިއްވައި ޖަވާބުދާރީވުމުގެ ބައެވެ.

އޭގެ އިތުރުން، ދައުވާލިބޭ ފަރާތްތަކުން  ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުނުވާނަމަ ބަންދުކޮށްގެން ހާޒިރު ކުރުމަށް އަމުރު ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: