ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި އަންނަ މަހު ސޮއިކުރާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ފައިނަށް ވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފައިނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއިންނެވެ. ރައީސް ވިދާޅުވީ ސޮއި ކުރުމަށް ފަހު، ފައިނު އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ފައިނު އެއާޕޯޓު ވެގެންދާނީ އެ ސަރަހައްދަށް ލިބޭ ވަރަށް ބޮޑު އިގްތިސާދީ ކުރިއެރުމަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ. އެ ސަރަހައްދުގައި ރިސޯޓުތައް އިތުރުކުރުމަކީވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ފައިނު އެއާޕޯޓުގެ ސަބަބުން ފަތުރުވެރިކަމުގެ ސީނާއަތަށްވެސް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމަ މި މަސައްކަތް ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނެކަން އަޅުގަނޑު ދަންނަވާލަން.

ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ދެން ފައިނަށް ވަޑައިގަންނަވާއިރު އެއާޕޯޓު އޮންނާނީ ނިމިފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފައިނަށް ކުރެއްވި މި ދަތުރުގެ ތެރެއިން ރައީސް ވަނީ ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ވެސް އިފްތިތާހު ކޮށްދެއްވާފައެވެ. މީގެ އިތުރުން އެ ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންކަމާއި ފުޓްބޯޅަ ދަނޑެއްގެ އިތުރުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސްގެ މި ދަތުރުތަކުގެ މަގްސަދަކީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދިނުމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ތަރައްޤީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: