އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ލަފާ ކޮށްފައިވާ ގޮތުގައި އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުމާއިއެކު، ބައެއް ރަށްތަަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުންޏެވެ.
ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަދަވާނެކަމަށް ބުންޏެވެ.
އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

