ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ޑިމޮކްރެޓިކް ނިޒާމު އެންމެ ގަބޫލުކުރާ މީހުން ތިބި ޕާޓީ: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ޑިމޮކްރެޓިކް ނިޒާމު އެންމެ ގަބޫލުކުރާ މީހުން ތިބި ޕާޓީ ކަމަށާއި ރައްޔިތުންގެ ވޯޓަށް އެމްޑީޕީން އަބަދުވެސް ތާއިދު ކުރާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި މާރިޔާ ވިދާޅުވީ ރާއްޖެ މިހާރު މިދަނީ ނޯތު ކޮރެއާއަށް ބަދަލުވަމުން ލކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އައިޑޮލް އަކީ ނޯތު ކޮރެއާކަން އެމްޑީޕީއަށް އެނގޭ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ރައްޔިތުން ފަގީރުކޮށްލަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

”ކުޑައިރު އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނަށް ނަސޭހަތްތެރިވާނެ ދޮގުހަދާ މީހާ ވައްކަން ކުރާނެއޭ. ހަމަ ސާފުކޮށްފެންނަ ގޮތަށް އެ ދޮގު ހަދަމުންދަނީ. ދޮގުހަދާ މީހާ ވައްކަން ކުރާނެއޭ ނުބުނާ ދިވެހި މައިންބަފައިންނެއް ނުހުންނާނެ އަޅުގަނޑުމެން ތަރައްގީ ކުރުމުގައިވެސް. އެހެންވީމަ ކަނޑައެޅިގެން އެނގޭ ހަމަ ދިމާއަށް ރައީސް މުއއިްޒު ދަނީ ދޮގު ހަދަމުން. ަކި ވަރަކަށް ނޫން ދޮގު ހަދަނީ. އެންމެ ފުރަތަމަ އަޅުގަނޑުމެން ދޮގުހަދާ ވާހަކަ ދެއްކީއިރު އޭގެ މައްޗަށް، މައްޗަށް ދޮގު ހަދަމުން ދޮގު ހަދަމުން އައިސް މިއަދާއި ހަމައަށް އައިއިރު މުޅި ރާއްޖެ ނިކަމެތި ވެއްޖެ“

މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ނިޒާމު އެންމެ ގަބޫލުކުރާ ބޭފުޅުން ކަމަށާއި އަދި ވޯޓުވެސް ގަބޫލުކުރާ ބައެއް ކަމަށެވެ. ހަމައެއާއިއެކު ވޯތަށް އިހުތިރާމްވެސް ކުރަން ދަންނަ ބައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ރައްޔިތުން ވޯޓުލުމުން އިންތިހާބު މަޑު ޖައްސާލާކަން އެމްޑީޕީއަކުން ސުޕްރީމް ކޯޓަކަށް ނުވަތަ އިލެކްޝަން ކޮމިޝަނަކަށް ނުދާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް އިހުތިރާމް ކުރާ އަދި ރައްޔިތުންގެ ވޯޓަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒުއަށް ފަސް އަހަރު ދީގެން ތިބީވެސް އެ ސަބަބަށްޓަކައި ކަމަށެވެ. އެހެންނަމަވެސް މަގުމައްޗަށް އެއްވާ ކޮންމެ ފަހަރަކު ނުވަތަ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައްޔިތުން ބުނާ ވަހަކައަކީ ރައީސް މުއިއްޒު ”ވެރިކަމުން ވައްޓާލާށޭ“ ކަމަށް މާއިރާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރައްޔިތުން ގާތަށް ދަތުރުފުޅު ކުރައްވަނީ އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން އުޅޭތީ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބުނަމުން ދަނީ ރައްޔިތުންގެ ވޯޓަށް އިހުތިރާމު ކުރުމަށް ކަމަށާއި އެހެންނަމަވެސް ރައްޔިތުން ބުނަމުންދަނީ އާސަންދަ ކަނޑާލައިފައިވާ ކަމަށާއި، މަސްވެރިންނަށް ދޮގުހަދާފައިވާ ވާހަަކައާއި އަދި ބިދޭސީން ޑީޕޯޓް ކުރުމުގެ ނަމުގައި ހަމައެކަނި ބަންދު ކުރަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށެވެ.

މީގެއިތުރުން މާރިޔާ ވިދާޅުވީ މި ސަރުކާރުން ބިދޭސީންގެ މައްސަލައިގައިވެސް ތަފާތު ކުރުން ގެންގުޅޭ ކަމަށާއި ހަމައެކަނި ބަންދުކުރަނީ ނުވަތަ ޑީޕޯޓް ކުރަނީ ފިރިހެން ބިދޭސީން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: