ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ 5ޖީ ލިބޭ ކެމްޕޭނާއެކު ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ ޕްރޮމޯޝަން ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ 5ޖީ ޚިދުމަތާ ގުޅުންހުރި ޕްރޮމޯޝަނަލް ކެމްޕެއިން ބާއްވައި ނިންމާލައިފިއެވެ. މި ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އެއްފަހަރު، އަގުބޮޑު އައު ސައިކަލެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލެވުނެވެ.

އުރީދޫ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ 60 އިންސައްތަ ސަރަޙައްދަށް ޚިދުމަތް ދެމުން އަންނަ، އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކް ޤާއިމުކޮށްފައިވާ ފަރާތެވެ.

މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ހޮންޑާ ރެބެލް ސައިކަލުގެ ނަސީބުވެރިޔާ އިބްރާހިމް އަފްރާއަށް، ހުޅުމާލޭ ރުއްގަނޑުގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި އިނާމު ހަވާލުކުރެވުނެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ދޫކުރެވިފައިވެއެވެ.

2024 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ޕްރޮމޯޝަންގައި، ކޮންމެ ތިން ދުވަހަކުން އެއްފަހަރު ކަސްޓަމަރުންނަށް ސައިކަލެއް ކާމިޔާބުކުރުމުގެ ފުރުސަތު ދެވުނެވެ. ޕްރޮމޯޝަންގައި ހިމެނުނު ސައިކަލުތަކުގެ ތެރޭގައި:

• އެއާ ބްލޭޑް 125 – ސްޓޭންޑަޑް އެޑިޝަން (ރަތް)
• އެއާ ބްލޭޑް 160 – ސްޓޭންޑަޑް އެޑިޝަން (ރަތް)
• ޕީސީއެކްސް 160 (ކަޅު)

މީގެ އިތުރުން، ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމުގެ ގޮތުގައި، 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ނަސީބުވެރި ފަރާތަކަށް ލިބުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ޝަރުޠުތަކުގެ ތެރޭގައި:

• އުރީދޫގެ މިހާރުގެ ކަސްޓަމަރުން: 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލް ދެއްކުން، ރީޗާޖުކުރުން ނުވަތަ އެޑް-އޮންއެއް ބޭނުންކުރުން.
• އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން: ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދެއްކުން، ރީޗާޖުކުރުން ނުވަތަ އެޑް-އޮންއެއް ބޭނުންކުރުން.
• އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް މަތީ ސްޕީޑާއި ދަށް ލޭޓެންސީއެއްގައި ކަނެކްޓިވިޓީ އިތުރުކޮށްދޭ، އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮމޯޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: