ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު މާކެޓުގެ މަޤާމު ހޯދައިފި

ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާގެ ތިންވަނަ މަންޒިލަށް ދަތުރުތައް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ މިނިސްޓްރީން ޢާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފެށުމުގައި ޗައިނާ އެންމެ މަތީ ދަރަޖައިގައި ނެތްނަމަވެސް، ފާއިތުވި މަސްތަކުގެ ތެރޭގައި އެ ޤައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، މިހާރު އެންމެ މުހިންމު މާކެޓުގެ މަޤާމު ހޯދާފައިވެއެވެ. ޖަނަވަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ޗައިނާއިން 27,048 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ދެވަނަ ދަރަޖައިގައިވާ ރަޝިޔާއިން 19,857 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީވިލާތް ވަނީ ކުޑަ ތަފާތަކާއެކު ތިންވަނަ ދަރަޖައިގައެވެ. އެ ޤައުމުން 18,086 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަތަރުވަނަ އަދި ފަސްވަނަ ދަރަޖައިގައި ވަނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތެވެ. އިނގިރޭސިވިލާތުން 16,418 އަދި ޖަރުމަނުވިލާތުން 10,647 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އިންޑިއާ ވަނީ ހަވަނަ ދަރަޖައިގައެވެ. މީގެ އިތުރުން، އެންމެ މުހިންމު 10 މާކެޓުގެ ތެރޭގައި ފްރާންސް، އެމެރިކާ، ޕޮލެންޑް އަދި ދެކުނު ކޮރެއާވެސް ހިމެނެއެވެ.

ފާއިތުވި އަހަރާ އަޅާބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 10.6 އިންސައްތަ އިތުރުވެފައެވެ. މި އަހަރުގެ ޖަނަވަރީ 27 ވަނަ ދުވަހާ ހަމައަށް 185,042 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 167,235 ފަތުރުވެރިންނެވެ.

މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، މިހާރު 19 އަތޮޅެއްގައި 173 ރިސޯޓު ހިންގަމުންދެއެވެ. މި ރިސޯޓުތަކުގައި ޖުމްލަ 42,819 އެނދު ހުރިކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، 20 އަތޮޅެއްގެ 109 ރަށެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުންދާއިރު، އޮޕަރޭޝަނަލް ހާލަތުގައި 13,531 އެނދު ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: